ޕީޕަލްސް ނޭޝަން ކޮންގްރެސް، ޕީއެސްސީގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އައްޔަނުކޮށްފިއެވެ.
ޕީއެންސީގެ ރައީސްކަމަށް އަބްދުއްރަހީމް އައްޔަނުކުރީ އެ މަގާމަށް އިތުރު އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައި ނުވުމުންނެވެ.
ޕީއެންސީގެ ރައީސް ކަން އަބްދުއްރަހީމަށް ލިބުނުކަން އިއުލާންކޮށްފައިވަނީ މިހާރު އެޕާޓީން ކުރިއަށް ގެންދާ ކޮންގެރެސް ގައެވެ.
މިއަދުގެ ކޮންގްރެސްގައި ޕީއެންސީގެ ރައީސްގެ އިތުރުން ނައިބު ލީޑަރުންނާއި ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.