ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށްޓަކައި  4،000 މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ, އެ ޕާޓީއަށް ވަނުމަށް ވަރަށް ގިނަ އަދަދެއްގެ ފޯމު ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް  4،000 ފޯމު ހުށަހެޅީ އަވަހަށް ޕާޓީ ރެޖިސްޓްރީ ކުރުމަށް ބޭނުންވާތީ ކަމަށެވެ.

ޕީއެންސީއާއި މިހާރު ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ގިނަ ފަރާތްތަށް އަންނަނީ ގުޅެމުންނެވެ. އޭގެ ތެރޭގައި ކުރީގެ މިނިސްޓަރުންނާއި ސަރުކާރުގެ ވުޒާރާތަކުގެ ވެރީން  ހިމެނެއެވެ.

އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރީގެ ރައީސް ޔާމީން ފެއްޓެއްވީ ޕީޕީއެމްގެ ލީޑަޝިޕާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލަ ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕާއި ދެކޮޅަށް ނިމިދާނެ ކަމަށް ބެލެވޭތީއެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *