މަޝްހޫރު ލިޔުންތެރިޔާ، އަދި ނޮވެލްޓީ ޗާޕްހާނާގެ ވެރިޔާ، އަލީ ހުސެއިން މިއަދުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.
ދިވެހިރާއްޖޭގައި ޗާޕުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރައްވަމުން އައި ހިދުމަތްތެރިޔާ އަލީ ހުސެއިން އަވަހާރަވީ ވަރަށް އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ.
އަލީ ހުސެއިން ވަނީ، ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އޮފީހުގައިވެސް މަސައްކަތްކުރައްވައިފައެވެ. އަލީ ހުސެއިން ޗާޕުގެ މަސައްކަތް ފެއްޓެވީ މީގެ ފަންސާހަކަށް އަހަރު ކުރިންނެވެ. ޗާޕުގެ މަސައްކަތުގެ ތެރެއިން އަދި ލިޔުންތެރިކަމުގެ ރޮނގުން އަލީ ހުސެއިން ވަނީ ދިވެހިރާއްޖޭގެ އަދަބިއްޔާތާއި ތާރީހަށް ވަރަށް ގިނަ ހިދުމަތްތަކެއްވެސް ކުރައްވައިފައެވެ.
2003 ވަނަ އަހަރު، ދިވެހިރާއްޖޭގައި ޗާޕުގެ މަސައްކަތް ކުރިއެރުވުމުގެ ދާއިރާއިން އަލީ ހުސެއިނަށް ސަރުކާރުން ވަނީ އާއްމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް ދެއްވާފައެވެ. އަދި ހިތްވަރު ދިނުމުގެ އިނާމާއި މިނިވަން 25 ގެ އިނާމް ވެސް ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، އަލީ ހުސެއިން މިއަދު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވުމާ ގުޅިގެން ތައުޒިޔާގެ މެސެޖެއް ފޮނުއްވާފަ އެވެ.
ރައީސް ވިދާޅުވެފައިވަނީ، "މ.ވާރޭވިލާ ޢަލީ ޙުސެއިން ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވުމުގެ ހިތާމައިގާ، އާއިލާއަށް ތައުޒިޔާ ދަންނަވަން، ކަމަށާއި، މަރުހޫމަށް ރަހްމަތް ލެެއްވުމަށް އެދި ﷲ ޞުބްޙާނަހޫ ވަތަޢާލާއަށް ދުޢާ ދަންނަވަން،" ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ނޮވެލްޓީ، ޢަލީ ހުސެއިން އަކީ އެތަކެއް ދާއިރާއަކުން ދިވެހިންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.