ރީތި، މަޑު ތުންފަތެއް ބޭނުން ނުވާނީ ކާކުތޯއެވެ؟ ކަނޑުގެ ރާޅުތައް ކުދިވެ ހަމަހިމޭންވެފައި އޮންނަ ފަދައިން ތުންފަތުގައި ހުންނަ ރޫތަށް ފިލުވާލާ، އޮމާން ކޮށްލަން ބޭނުންނުވާނީ ކާކުތޯއެވެ. ތުންފަތުގެ ރީތިކަމުންނާއި، މަޑު ކަމުން ހިނިތުންވުމުވަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދެއެވެ. އަންހެނުންނާއި ފިރިހެނުން ވެސް ރީތި ތުންފަތެއްގެ ހުވަފެން ދެކޭނެއެވެ. ނަމަވެސް އުޅެންޖެހިފައިވާ މާހައުލާއި، ހަޔާތުގެ ބިޒީ ކަމާއިހެދި ތުންފަތަށް އަޅާލެވޭވަރު ދަނީ މަދުވަމުންނެވެ. ރަނގަޅަށް އަޅާނުލެވުމާއި، ނޭދެވޭ އާދަތަކުގެ ސަބަބުން ތުންފަތް ހަރުވެ، ރޫޖެހި، ކުރަކި ވެއެވެ.
މަޑު، ރީތި ތުންފަތެއް ބޭނުންނަމަ، ނޭދެވޭ އާދަތަކާއި ދުރުވާށެވެ. އެގޮތުން ސިންގިރޭޓް ބުއިމަކީ ހަމައެކަނި ފުއްޕާމެއަށް ގެއްލުންވާ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން، ތުންފަތަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެއެވެ. ތުންފަތުގެ ތެއްކަން ދުއްވައިލާ، ތުންފަތް ކުރަކި ކޮށްލާނެއެވެ. އަދި ތުންފަތުގެ އުޖާލާކަން ގެއްލޭނެއެވެ. ސިންގިރޭޓް ބުއިން ހުއްޓާލުމާއި އެކު، ތުންފަތުގެ ރީތި ސިފަ އަނބުރާ އަންނާނެއެވެ. ތުންފަތް މަޑުވެ، ތުންފަތުގެ ތެއްކަން އިތުރުވާނެއެވެ.
މީގެއިތުރުން ތައްޔާރުކުރެވިފައިވާ ލިޕް ބާމް ފަދަ ވަސީލަތްތަށް ބޭނުން ކުރުމުންވެސް ތުންފަތަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިދޭނެއެވެ. އެގޮތުން ސްމޯކާސް ޕެރެޑައިސް ލިޕް ބާމް އަކީ ގުދުރަތީ ވަސީލަތްތަށް ބޭނުން ކޮށްގެން ތައްޔާރު ކުރެވިފައިވާ ލިޕްބާމް އެކެވެ. ޒޯވިއަކް ކުންފުނިން އުފައްދާފައިވާ މި ބާމް ބޭނުން ކޮށްލުމުން ތުންފަތަށް ފުރިހަމަކަން ގެނުވައިދެއެވެ. ލުނބޯގައި އެކުލެވޭ މާއްދާތަށް ބޭނުންކޮށްގެން މި ބާމް ތައްޔާރު ކޮށްފައިވާ އިރު އެކަމުގެ ސަބަބުން ތުންފަތުގައި ހުންނަ ޑާކް ސްޕޮޓްތައް ފިލުވައިލަދީ އިތުރު އުޖާލާ ކަމެއް ތުންފަތަށް ގެނުވައިދެއެވެ. މީގެ އިތުރުން މިބާމުގައި ޕެޕާ މިންޓް އާއި ސްޕިއާ މިންޓް އެކުލެވިފައިވުމުން ތުންފަތުގެ ކުރަކިކަން ފިލުވައިދީ، ތެތް، މަޑުކަމެއް ތުންފަތަށް ގެނުވައިދެއެވެ. މި ލިޕް ބާމަކީ އޮންލައިން ކޮށް އޯޑާ ކޮށްލައިގެން ގަންނަން ލިބޭ ބާމެކެވެ. www.qtrove.com އިން މި ބާމު ގަންނަން ލިބޭނެއެވެ.
އަމިއްލައަށް ގޭގައިވެސް ލިޕް ބާމް ތައްޔާރު ކުރެވިދާނެއެވެ. އެގޮތުން މާމުއި، އަދި ލުނބޯހުތް ބޭނުންކޮށްގެން ވެސް ތައްޔާރު ކޮށްލެވިދާނެއެވެ. އެގޮތުން، މޭޒުމަތީ ސަމްސަލެއްގެ މާމުއިއާއި، ބައި ސަމްސަލެއްގެ ލުނބޯހުތް ތައްޓަކަށް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު ތުންފަތުގައި އުނގުޅައިލާށެވެ. ފަސް ވަރަށް މިނެޓުފަހުން ދޮވެލާށެވެ. ދުވާލަކު އެއްފަހަރު މިކަން ކުރަން އާދަ ކުރާށެވެ.
ތުންފަތަކީ އަޅައިނުލާ ދޫކޮށްލެވޭނެ ވަރު ތަނެއް ނޫނެވެ. ތުންފަތުގެ ރައްކާތެރިކަމާއި، ސާފުތާހިރު ކަމަށް އިސްކަމެއް ދިނުމުން، ނުރައްކާތެރި ބަލިތަކުންވެސް މީހާ ސަލާމަތް ކޮށްދޭނެއެވެ.