މ.މުލަކު ބަނދަރުގައި އޮތް ދޯންޏަކުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 8 ރަބަރު ޕެކަޓް އަތުލައިގަންފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ރޭ މުލަކުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މުލަކު ބަނދަރުގައި އޮތް ދޯންޏެއް ބަލައި ފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކަޓް ހޯދައިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެ 8 ރަބަރު ޕެކަޓް ފެނިފައިވަނީ، އެ ދޯނީގެ ފަހާނާ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. އަދި މިހާތަނަށް އެހާދިސާ އާއި ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާ ކަމަށާއި، މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންވަނީ މިމަހުގެ 25 ވަނަ ދުވަހުވެސް މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް ފަހު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 8 ރަބަރު ޕެކަޓާއި އެކު 18 މީހުން ހައްޔަރު ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *