މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ވެނަމް"ގެ ދެވަނަ ބައެއް ހަދަން ނިންމައިފިއެވެ.

ޓޮމް ހާޑީގެ ސުޕަހީރޯ ފިލްމު ވެނަމްގެ ދެވަނަ ބައެއް ސޮނީ ޕިކްޗާޒުން  ހަދަން ނިންމި ނަމަވެސް، އެ ކުންފުނިން ވަނީ އިތުރު އެއްވެސް މައުލޫމާތެއް އަދި ދެވެން ނެތް ކަމަށް ބުނެފަ އެވެ.

ނަމަވެސް ހޮލީވުޑް ރިޕޯޓުތައް ބުނާ ގޮތުން "ވެނަމް" ގެ ދެވަނަ ބައިގެ ސްކްރީންޕްލޭ ލިޔަން ވެސް ހަވާލު ކުރީ ފުރަތަމަ ބައިގެ ސްކްރީންޕްލޭވެސް ލިޔުނު ކެލީ މާސެލްއާ ކަމަށެވެ.

ރޫބެން ފްލެއިޝާ ޑައިރެކްޓް ކުރި "ވެނަމް" އަށް  ބޮކްސް އޮފީހުގައި 855.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.  

މާވެލް ކޮމިކްސްގެ ކެރެކްޓާ "ވެނަމް" އަށް ބިނާކޮށް ހެދި ފިލްމުގައި ހާޑީއާ އެކު މުހިއްމު ރޯލްތަކުން ފެނިގެން ގޮސްފައި ވަނީ މިޝެލް ވިލިއަމްސް، ރިޒް އަހުމަދު، ސްކޮޓް ހޭޒް އަދި ރީޑް ސްކޮޓް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *