ޓެކްސީ ޑްރައިވަރުން އަދި ޓެކްސީ ސެންޓަރުތަކުގެ ވެރިންނަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ފަސްޓް ރެސްޕޮޑެންޓް ކެއާ" ދަސްކޮށްދިނުގެ ޕްރޮގްރާމްގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް ފަސްޓް ރެސްޕޮޑެންޓް ކެއާ ދަސްކޮށްދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ ފަސްޓް ކެއާ ފޯރުކޮށް ދިނުމުގައި ޑްރައިވަރުންގެ ދައުރު ބޮޑު ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުން އަދި ޓެކްސީ ސެންޓަރުތަކުގެ ވެރިން ކުރާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން އިންސާނެއްގެ ފުރާނަ ސަލާމަތް ކޮށްދިނުން ނުވަތަ މީހެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް އެހީވެދިނުމަކީ އިންސާނިއްޔަތުގެ އެންމެ މަތީ ދަރަޖަ ކަމަށާއި ޑްރައިވަރުން ވަނީ މީގެ ކުރިންވެސް ފަސްޓް ކެއާގެ ހިދުމަތް ފޯރުކޮށްދީ ނަމޫނާ ދައްކައިފައިކަމަށްވެސް އަމީން ވިދާޅުވިއެވެ.

"ޑްރައިވަރުން އެބަހުރި މީގެ ކުރިންވެސް ފަސްޓް ކެއާ ފޯރުކޮށްދީފައި. ޓެކްސީ ޑްރައިވަރުން އަދި ޓެކްސީ ސެންޓަރުތަކުން ކުރަމުންދަނީ ގައުމީ މަސައްކަތެއް" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ހަތް ގަނޑިއިރަށް މިއަދު ކުރިއަށްގެންދާ  ކޯހުގައި ކުއްލި ހާލަތެއްގައި ބަލިމީހުން އުފުލާނެ ގޮތާއި، ސީޕީއާރު އަދި އެހެނިހެން އަވަސް ފަރުވާތަށް ދޭނެ ގޮތް ޑްރައިވަރުންނަށް ދަސްކޮށްދޭނެ އެވެ. އަދި މުސްތަގުބަލުގައި ބައިނަލްއަގުވާމީ ފެންވަރުގެ ފަސްޓް ކެއާ ކޯސްތައް ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *