މާފަންނު ގެއެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުން ކުރަމުންދިޔަ 18 މީހަކު ފުލުހުންގެ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

މީޑީއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިމަހުގެ 25 ވަނަ ދުވަހު، މާފަންނުގައި ހުންނަ އެގެ ބަލައި ފާސްކުރުމަށް ފަހު ވަނީ، ކޯޓް އަމުރެއްގެ ދަށުން 18 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވީ، ލިބުނު އިންޓެލިޖެންސްގެ މައުލޫމާތަކާއި ގުޅިގެން އެ އޮޕަރޭޝަނު ހިންގީ، 25 ވަނަ ދުވަހުގެ ހަވީރު 16:10 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވީ، ކޯޓް އަމުރެއްގެ ދަށުން އެގެ ބަލައިފާސްކުރި ކުރުމުގެ ތެރޭގައި އެގެއިން މަސްތުވާތަކެތި ކަމަަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 8 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި 24950 ރުފިޔާ ވެސް އެގޭ ތެރެއިން ފެނިފައިވާ ކަމަށެވެ.

ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކުރި 18 މީހުންނަކީވެސް މީގެ ކުރިން ކުށްތައް ކުރުމުގެ ސަބަބުން ކުށުގެ ރެކޯޑް އޮތް މީހުން ތަކެއް ކަމަށާއި، އެ 18 މީހުންނަކީ 23 އަހަރާއި 53 އަހަރާއި ދެމުގެ ދިވެހި ފިރިހެނުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *