ބްރިޓެއިންގެ ލަވް މެގެޒިން ނަމަކަށް ކިޔާ މެގެޒިން އެއްގައި ޖަހާފައިވާ، ޑޭވިޑް ބެކަމް ގެ ފޮޓޯ އިން ފެނިގެންދިޔައީ އޭނާ ގެންގުޅޭ ސްޓައިލާއި މުޅިން ތަފާތު ކަމެކެވެ.

މިހާރު ރިޓަޔަރ ކޮށްފައިވާ 43 އަހަރުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެެރިޔާގެ ފޮޓޯއެއް މެގެޒިން އަކުން ފެނިގެން ދިއުމަކީ އައު ކަމެއް ނޫނެވެ. ނަމަވެސް މިފަހަރު ތަފާތު ވެގެންދާ ސަބަބަކީ މި ފޮޓޯގައި ބެކަމްގެ ލޯމަތީ ފެހިކުލައިގެ "އައި ޝެޑޯ" ޖައްސާފައި ހުރުމެވެ.

މޭކަޕް ކުރިމަކީ ފިރިހެނުންގެ ތެރޭގައިވެސް މިހާރު އާންމު ކަމެކެވެ. އެހެންނަމަވެސް ބެކަމްގެ ފަރާތުން މިކަހަލަ ކަމެއް ފެނުމުން އޭނާގެ ގިނަ ސަޕޯޓަރުންވެސް ތިބީ އަނގަ ހުޅުވުން ގޮތަށް ލައްޕަން ނޭނގިފައެވެ.

އެއްބަޔަކަށް ބެކަމްގެ މި ފެނިލުން ކަމުދިޔައިރު އަނެއް ބަޔަކު ކުރަނީ މަލާމާތެވެ. ފިރިހެނުން މޭކަޕް ކޮށްފައި ތިބޭއިރު އެފެންނަ ފެނުމާއިބަލާފަ ބެކަމްގެ މި ފެނިލުން މާ ބޮޑަށްވެސް ނަލައެވެ.

ބެކަމް ލައިގެން ހުރި ގަމީހުގެ ގޮއްތައް ވަކި ހިސާބަކަށް ނައްޓާލާފައި ހުރި އިރު އޭނާގެ ކަރުގައިެ ފިނިފެންމާތަކަކާއި ދޫނިތަކެއް ދައްކައިދޭ ޓެޓޫ އެއް ވެސް ވެއެވެ. އެ ޓެޓޫވެސް ައަރުވާފައިވަނީ ފެހި ކުލައިންކަން ފާހަގަ ކޮށްލެވެއެވެ.

ރީތި ކަމުގެ މިސާލެއް ކަމުގައި ބައެއް އަންހެނުން ދެކޭ، ބެކަމް މި ފޮޓޯގައި ހުރީ އެއް ފަރާތަކަށް އެނބުރި ދުރު ބަލަހައްޓައިގެންނެވެ. އޭނާގެ މި ފޮޓޯ އެ މެގެޒިނުން އިންސްޓަގްރާމްގައި ހިއްސާ ކުރުމުން އެތައް ބަޔެއްގެ "ލައިކްސް" ވަނީ ލިބިފައެވެ. އަދި ފާޑުކިއުން ވެސް ވަނީ އަމާޒުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *