ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް ދުވަހު ސަރުކާރުން ހޭދަކޮށްފައިވަނީ އެންމެ 4000 ރުފިޔާއެވެ.
މިދިޔަ ހަފްތާގައި ސަރުކާރުން ދެ ދުވަސް މަސައްކަޔް ކޮށްފައިވާއިރު އަނެއް ތިން ދުވަހަކީ ބަންދު ދުވަސްތަކެކެވެ. އެގޮތުން ފިނޭންސް އިން ހަފްތާއަކު އެއް ފަހަރު ނެރޭ ރިޕޯޓުގައި ވަނީ އެ ހަފްތާގައި ސަރުކާރުން ހޭދަކޮށްފައި ވަނީ 4013 ރުފިޔާ ކަމަށެވެ.
ވޭތުވެ ދިޔަ ހަފްތާގައި ސަރުކާރުން ކޮށްފައިވާ ހަރަދު ތަކަށް ބަލާއިރު، ހޯމް މިނިސްޓްރީން ހަރަދު ކޮށްފައިވަނީ 2600ރ އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލް އިން 95ރ ހޭދަކޮށްފައިވާ އިރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހޭދަައަކީ 75ރ. އެވެ. އެހެންކަމުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ހޯމް މިނިސްޓްރީންނެވެ.
އައު ސަރުކާރު ފެށިގެން ދިޔައިރު 2019 ގެ ބަޖެޓަކީ 30.2 ބިލިއަން ރުފިޔާ އެވެ.