ގިނަ ބައެއްގެ ލޯތްބާއި، ސަޕޯޓް ހޯދާފައިވާ ކުޅަދާނަ ބޯލީވުޑް ބަތަލު، ވަރުން ދާވަން އޭނާގެ އެންގޭޖްމެންޓް ފަސްކޮށްފިއެވެ.

އުމުރުން 32 އަހަރުގެ ޒުވާން ބަތަލު ވަރުން ދާވަން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ، އޭނާ އަށް ވުރެ އުމުރުން 2 އަހަރު ހަގު އަންހެން ކުއްޖެއް ކަމަށްވާ ނަތާޝާ ދަލާލް އާއި އެވެ. އިންޑިއާގެ ބައެއް ބޮލީވުޑް ގެ ހަބަރުތައް ފަތުރާ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ވަރުން ދާވަން އޭނާގެ އެންގޭޖްމެންޓް ލަސްކުރީ، އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލުމު "ކޫލީ ނަމްބަރު 1" މަސައްކަތްތަކަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

ވަރުން ދާވަން އަދި ނަތާޝާ ދަލާލްގެ އެންގޭޖް ވުމަށް ކުރިން އެމީހުން ނިންމާފައިވަނީ، މިދިޔަ ހަފްތާގެ 24 ވަނަ ދުވަހެވެ. އެއީ ވަރުން ދާވަންގެ އުފަންދުވަހެވެ. ކުރިން އިންޑިއާގެ މީޑިއާ ތަކުން ވަރުން ދާވަން މިއަހަރުގެ ފަހު ކޮޅު ކައިވެނި ކުރާނެ ކަމަށް ފެތުރި ހަބަރުތައް ވެސް ވަނީ އޭނާ ވަނީ ދޮގުކޮށްފައެވެ. 

"މިއަހަރަކު ނެތް އެކަން ވާކަށެއް. މިބުނީ ކައިވެނި ނުކުރާނަމޭ އެއް ނޫން. އެކަމަކު މި އަހަރު ކައިވެނި ކުރެވެން ނެތް ވާހަކަ. ގިނަ ފިލްމުތަކެއްގެ މަސައްކަތުގައި މިއުޅެނީ. ކައިވެނިކުރާ ނަމަ އެބަޖެހޭ އެކަމަށް ވަގުތު ދޭން،" ވަރުން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *