ރައްޔިތުން މަޖިލީހަށް މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލު ކުރުން ހުއްޓުވާ، އެންޓި ޑިފެކްޝަން ގާނޫނު އަލުން އުފައްދަން ޖެހޭ ކަމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޕްރައިމަރީގައި މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ރަޝީދުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުން ވަކި މީހަކަށް ވަކި ޕާޓީއަކުން އިތުބާރު ދީފައި އޭނާ މަޖިލީހަށް ދިޔުމުން އެކަން ބަދަލުވެގެން ނުވާނެ ކަމަށާއި، އަދި ގާނޫނީ ގޮތުން އެކަމަށް ހުއްޓުމެއް ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އެންޓި ޑިފެކްޝަން ގާނޫނު އަލުން އެކުލަވާލަން ޖެހޭ ކަމަށާއި މަޖިލީހުގައި އެ ބިލު ފާސް ކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މަޖިލީހަށް މެންބަރުން އައްޔަން ކުރަނީ ތިބޭފުޅުން، ތިބޭފުޅުން ބޭނުންވެލެއްވި ބޭފުޅަކު އެތަނުގައި އިންނާނެ، ތިބޭފުޅުން ނިންމަވާންވީ ކޮން ބައެއްތޯ ތަމްސީލް ކުރާނީ އެ ބަޔަކު އެތަނުގައި ތިބޭނީ، ޕާޓީ ބަދަލު ކުރުމުގެ ބިލު މަޖިލީހުގައި ފާސްވާން ޖެހޭ ޕާޓީ ބަދަލުވެގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީއެއް ނެތި ސަރުކާރެއް އިންތިހާބުވުމަކީ "ޕެޓްރޯލެއް ނެތި ކާރެއް ދިނުން" ފަދަ ކަމެއް ކަމަށް ނަޝީދު ސިފަ ކުރެއްވި އެވެ. މިދިޔަ އަހަރުތަކުގައި އެކަން ދިވެހިން ތަޖުރިބާކޮށްފައިވާ ކަމަށާއި އެކަން ތަކުރާރު ނުވާ ގޮތަށް މިފަހަރު މަޖިލިސް ބަހަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *