އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން، ކުޑަ އިތުރުކުރުމަކާއެކު، ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒަށް ބަދަލު ކޮށްފިއެވެ.

މި މަރުކަޒު އުފެއްދުމުގެ މަގުސަދަކީ ޤުރުއާނާއި ބެހޭ އިލްމުް އުނގަންނައިދިނުމާއި ޤުރުއާނުގެ ތާރީހު ދިރާސާކުރުން ފަދަ ކަންކަން ކުރުމެވެ. އަދި މީގެ އިތުރުން އިމާމުންނާއި ޤުރުއާން ކިޔަވައިދޭ މުދައްރިސުން ތަމްރީން ކުރުމާއި ބައިނަލް އަގުވާމީ ޤުރުއާން މުބާރަތް ތަކުގައި ދިވެހިން ބައިވެރިކުރުން ވެސް މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

ހަބަރު ލިބިފައިވާގޮތުގައި މި މަރުކަޒުގެ ނަން ބަދަލު ކުރެވިފައި މިވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެންނެވުމެއްގެ މަތިންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *