ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ލަކުޑި ބުރިއަކުންޖެހި މީހެއްގެ ބޯފެޅިއްޖެއެވެ.

އެސްޓީއޯ ހެޑް އޮފީސް ކައިރީގައި ހަދަމުންދާ އިމާރާތެއްގެ މަތިން ލަކުޑި ބުރިއެއް ވެއްޓިގެން ޒަހަމް ވެފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނަކަށެވެ. މިއަދު ހިނގި މިހާދިސާގައި އަނިޔާވި މީހާގެ ބޮލުން ދެ އިންޗި ވަރެގެ ތަނެއް ފަޅައިގެން ދިއުމުގެ ސަބަބުން އޭނާ ވަނީ އައިޖީއެމްއެޗަށް ގޮސް ފަރުވާ ހޯދައިފަ އެވެ.

ޒަހަމްވި މީހާ އާއި ހަވާލާދީ "މިހާރު" ބުނެފައިވަނީ، ބޮލުގައި ލަކުޑިބުރިން ޖެހުނީ ޕޭވްމަންޓުން ހިނގާފައި ގޮސް ސައިކަލަށް އަރަން އުޅެނިކޮށް ކަމަށާއި، ވެއްޓުނު ލަކުޑި ބުރީގެ ދިގު މިނުގައި 3-4 ފޫޓު ހުންނާނެ ކަމަށެވެ.

"ބޮޑަށް ހީވަނީ މަސައްކަތް ހުއްޓާލާފައި ހުރި ތަނެއްހެން. އެއްވެސް މީހަކު ފެންނާކަށް ނެތް އޭރު. ބޯޑެއް ވެސް ނެތް ބަހައްޓާފައެއް،" ޒަހަމްވި މީހާ ބުނެފައި ވެއެވެ.

އޭނާ ބުނީ އެ އިމާރާތުގައި ދާ ޖަހާފައި ހުއްޓަސް ބައެއް ތަންތަން ހުރީ ހަލާކުވެފައި ކަމަށް ވެސް މިހާދިސާ ގައި ޒަހަމްވި މީހާ ބުނެފައި ވެއެވެ.

އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، މިދިއަ މަހު ވަނީ ބަންގްލަދޭޝްގެ ކުޑަ އަންހެން ކުއްޖަކު ނިޔާވެފައެވެ. އެ ހާދިސާއަށް ފަހު މަލޭގެ ސައިޓްތައް ބެލުމުގެ ޕްރޮގްރާމެއް ސިޓީ ކައުންސިލާއި ހައުސިން މިިނިސްޓްރީން ހިންގި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *