މިދިޔަ އަހަރު މަސްތުވާތަކެތީގެ 83 މައްސަލައަކުން 32 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް  ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސްއިން ބުނީ އެންމެ ގިނައިން އަތުލައިގަނެވުނީ ޕޯސްޓްގެ ޒަރިއްޔާއިން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ. އެގޮތުން ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރަން އުޅުން ކަމުގެ 68 މައްސަލަ މިދިޔަ އަހަރު ރެކޯޑްކުރެވިފައިވާ ކަމުގައި ކަސްޓަމްސްއިން ބުނެއެވެ.

މީގެ އިތުރުން އެއްގަމު މަގުންނާއި ވައިގެ މަގުންވެސް މަސްތުވާތަކެތި އެތެރެކުރަން އުޅުން ކަމުގެ މައްސަލަ ރެކޯޑްކުރެވިފައިވާ ކަމުގައިވެސް ކަސްޓަމްސްއިން ބުނެއެވެ.

މިދިޔަ އަހަރު ކަސްޓަމްސް އިން އެންމެ ގިނައިން އަތުލައިގަނެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އެވެ. އެއީ 17 ކިލޯގެ މަސްތުވާތަކެއްޗެވެ.

ކަސްޓަމްސްއިން ބުނީ 2017 ވަނަ އަހަރާއި އަޅާބަލާ އިރު 2018 ވަނަ އަހަރު ކަސްޓަމްސްއިން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ މައްސަލަތައް ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.

2017 ވަނަ އަހަރު ކަސްޓަމްސްއިން މަސްތުވާތަކެތީގެ 25 މައްސަލައަކުން އަތުލައިގަނެފައިވަނީ 24 ކިލޯގެ މަސްތުވާތަކެއްޗެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *