މާލޭގެ މަގެއްގައި ބާއްވާފައި އޮތް ޕެލެޓެއްގައި ތާށިވެ އަންހެނެއްގެ ފައި ބިންދައިގެން ގޮސްފި އެވެ. 

މި ހާދިސާ ހިނގައިފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އަންހެން މީހާގެ ފައިބިންދައިގެން ދިޔައީ މަގުހުރަސްކުރުމުގެ ތެރޭގައި މއ. އަލިމަސްގޯޅީގައި އޮތް ޕެލެޓަކަށް ފައިން އެރި ޕެލެޓުގެ ދެ ފަތީގެ ދޭތެރޭގައި ފައި ތާށިވެ ވެށްޓުމުގެ ސަބަބުންނެވެ.

 މައުލޫމާތު ލިބޭ ގޮތުގައި އަންހެން މީހާގެ ކަނާއަތު ފައި ބިނދިފައިވާއިރު، އެ ވަގުތު އައިޖީއެމްއެޗަށް ގެންގޮސް ވަނީ ޕްލާސްޓަރު އަޅާފަ އެވެ. އަދި ބިންދައިގެން ދިޔަ ފައިގެ އޮޕަރޭޝަންއެއް މާދަމާއަށް ތާވަލު ކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. 
މާލޭގައި ޕާކިން މައްސަލަ ބޮޑުވެފައިވާއިރު، ދޮރު މަތީގައި ޕެލެޓް ބަހައްޓައިގެން އެކަމަށް ހައްލު ހޯދުމަކީ އާންމު ކަމެކެވެ. އަދި ސިޓީ ކައުންސިލުން ނުވަތަ ހައުސިންގް މިނިސްޓްރީއިން ހުއްދަ ހޯދުމަކާއި ނުލައި މާލޭގެ އެކި ސަހަރައްދުގައި ވަނީ ޕެލެޓު ބަހަށްޓާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *