ސީލައިފް ކުންފުނިން 203 މީހަކު ފްލެޓު ގަތުމަށް ދެއްކި ފައިސާ އަނބުރާ ސަރުކާރަށް ނަގައިދިނުމަށް ހުށައެޅި މައްސަލަ ސިވިލް ކޯޓުން އިއްޔެ ބަލައިގެންފިއެވެ.

ސީލައިފްއަށް 200 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކަށް ކުރީގެ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. އަދި ހުއްދަ ދިން އިރު އެކުންފުނީގެ މާލީ ގާބިލިއްޔަތުކަން ނެތް ކަންވެސް ސަރުކާރަށް އެނގޭ ކަމަށް، އެމައްސަލައިގެ ވަކީލެއްގެ ގޮތުގައި އިސްކޮށް ހުންނަވަނީ މަރިޔަމް ޝުނާނާ ވިދާޅުވިއެވެ.

203 މީހުން ހުށައެޅި އެމައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ، ސީލައިފްގެ އިތުރުން އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ އާ ދެކޮޅަ ކަމަށް މަރިޔަމް ޝުނާނާ ވިދާޅުވިއެވެ.

ފްލެޓު ތަކުގެ އެޑްވާންސް ޕޭމެންޓާއި ބުކިން ފީ އަދި އެހެނިހެން ފައިސާގެ ބަދަލުގައި ދޭން ޖެހޭ 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް ވަނީ ދައުވާ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *