ވަރަށް ކުރީއްސުރެ އަޑުއިވެމުންދާ ވާހަކައެކެވެ. ހީލީމާ ސެޓުވީކީ ނޫނެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި، ހާއްސަ ކޮށް މާލޭގެ މަގުތަކުގައި ކަންވަމުން ދާގޮތުން ޒުވާން އަންހެން ކުދިން ވަރަށް ގިނައިން ބުނެ އުޅޭ ޖުމްލަ އެކެވެ. ބައެއް ފަހަރު ރުޅިއައިސްގެން، އަނެއްބައިފަހަރު ސަމާސާ ރާގަކަށް ބުނެއެވެ. މިގޮތަށް ބުނަން ޖެހެނީވެސް ދިވެހި ބައެއް ފިރިހެނުންގެ ކިބައިގައި އަށަގަނެފައިވާ ވަރަށް ނޭދެވޭ ސިފައެއްގެ ސަބަބުންނެވެ. 

މަގުމަތީގައި ހިނގާބިންގާވެ އުޅޭ އިރު ވަރަށް ބައިވަރު، އެކި މިޒާޖުގެ މީހުންނާ ދިމާވާނެއެވެ. އެގޮތުން ދިމާވާ މީހުންނާ ދިމާލަށް ހީލުމަކީ އިންސާނުންގެ ތަބިއްޔަތުގައި ހުންނަ ސިފައެކެވެ. ނަމަވެސް ބައެއް ދިވެހި ފިރިހެނުން ހީކުރަނީ އަންހެން ކުއްޖަކު ހީލުމުން، އެނާ ލިބުނީ ކަމަށެވެ. އަވަހަށް ފަހަތުން ގޮސް ފޯނު ނަންބަރު ހޯދުމަށް އެދެންވީ ކަމުގައެވެ. ގޭގެ ނަން ހޯދައިގެން ގޮސް އަވަހަށް ވަލީ ހޯދަން ބައްޕަ ގާތު ބުނަންވީ ކަމުގައެވެ. މިއީ ދިވެހިންގެ ތެރޭގައި މިހާރު އާންމުވެފައިވާ ކަމެކެވެ. 

އަންހެން ކުއްޖާގެ ފަރާތުން، ޖަވާބެއް ނުލިބިއްޖެނަމަ، ދެން އެވީ އަވަގުރާނަ ގޮވާށެވެ. ސިފަ ހުތުރު ކަމަށް ބުނެ ފުރައްސާރަ ކުރާށެވެ. އެހިސާބުން ގޯސްވާނީ އަންހެން ކުއްޖާއެވެ. އެއީ އަންހެން ކުއްޖާ ހީލީމައެވެ. ކަން ނިމިގެން ދާނީ، ހިނިތުންވުމަކީ ކުށެއްކަމަށް ބެލެވިގެންނެވެ. 

އަންހެން ކުދިންނާ މަގުމަތިން ދިމާކޮށް، ކަންކަން މަތީގައި ތިބެ ތުންބުން ފުމެ، ފޮށުމަކީ ތިމާގެ މޮޅުކަން ދައްކުވައިދޭ ކަމެއްވެސް ނޫނެވެ. މުޖުތަމައުގައި އަންހެން ކުދިންނަކީވެސް ގަދަރުވެރި ބައެކެވެ. އިހްތިރާމް ލިބެންޖެހޭނެ ބައެކެވެ. އަންހެން ކުއްޖަކު ހީލުމުން ސެޓުވީ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *