ރާއްޖޭގެ މައި ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ އަަހަރީ އެވޯރޑް ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.
ބީއެމްއެލްގެ އަހަރީ އެވޯރޑް ދިނުމުގެ ހަފްލާ ރޭ ޣާޒީ ސުކޫލުގައި ބޭއްވިގެންދިޔައިރު، އެ ހާއްސަ ހަފްލާ ޝަރަފުވެރި ކޮށްދެއްވާ އެވާޑް ހާސިލުކުރި މުވައްޒަފުންނަށް އެވޯރޑް ހަވާލުކޮށްދީފައި ވަނީ، ބީއެމްއެލްގެ ހިންގެވުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނާއި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އެގްޒެކްޓިވް ކޮމިޓީގެ މެންބަރުންނެވެ.
ރޭ ބޭއްވި އެވޯރޑް ދިނުމުގެ ހަފްލާގައި ވަނީ، ނިމިގެން ދިޔައިރު ބޭންކުގައި މަަސައްކަތް ކުރި މުވައްޒަފުންގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް ހާއްސަ އެވާރޑެއް ދީފައެވެ.
ބީއެމްއެލްގެ ފަރާތުން ރޭ މުވައްޒަފުންނަށް ދިން އެވޯރޑް ތަކުގެ ތެރޭގައި، މްޕްލޯއީ އޮފް ދަ އިޔާ އާއި ބެސްޓް ލީޑާ އާއި ބެސްޓް މެނޭޖާ އާއި ބެސްޓް ޑިވިޝަނަލް ސްޓާފާއި ވޮލަންޓިއާ ސާވިސް އާއި ސްޕޯޓްސް ސްޕިރިޓާއި ރެކަގްނިޝަން ފޯ އެޗީވްމަންޓާއި އިނޮވޭޝަން އެވޯރޑް ހިމެނެއެވެ.
މިހާރު ބީއެމްއެލްގެ ހިންގެވުމާއި ހަވާލުވެގެން ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވަނީ ރޭ ބޭއްވި އެވޯރޑް ދިނުމުގެ ހަފްލާގައި، މުވައްޒަފުންނާއި މުޚާތަބުކޮށް ވާހަކަ ދައްކާފައެވެ. އެވާހަކަފުޅުގައި އައިޝަތު ނޫރައްދީން ވިދާޅުވީ މުވައްޒަފުންގެ ކާމިޔާބީގެ ފަހަތުގައި ތިބީ އެ ބޭންކުގެ މުވައްޒަފުން ކަމަށެވެ.
"ބޭންކުން ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ތިބީ އެ މުވައްޒަފުން. މިރޭ އެވޯޑްތައް ހާސިލް ކުރި މުވައްޒަފުންނަށާއި އެވޯރރޑްތަކަށް ނޮމިނޭޓްވި މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާކިޔަން. އަދި ބޭންކްގެ ހުރިހާ މުވަޒަފުން ކުރަމުންގެންދާ މިންނަތް މަސައްކަތަށާއި، މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރަން" ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ.