މާފުށީ ޖަލުގައި މާރާމާރީއެއް ހިންގި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު އިރުއޮއްސި 6 ޖަހާކަންހާއިރު މާފުށީ ޖަލުގައި ޤައިދީންތަކެއް މާރާމާރީއެއް ހިންގި މައްސަލައެއް ހުށަހެޅުމުން އެކަން ބަލަމުން އަންނަ ކަމަށެވެ.
"ޖަޒީރާ" ނޫހުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލްއަށް ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަޕްސީލު ލިބޭ ގޮތެއް ނުވިއެވެ. އެނގިފައިވާ ގޮތުގައި މާރާމާރި ހިންގާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެންނެވެ.