ހަތަރު ގަޑިއިރު ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާ އިން ނިކުމެވަޑައިގަންނަވައިފިއެވެ. 

ކުރީގެ ރައީސް ޔާމީން، ފުލުހުންގެ އިދާރާ އަށް ހާޟިރުވެވަޑައިގެންނެވީ މިއަދު 13:30 ގައެވެ.

ފުލުހުންގެ އިދާރާ އިން ނިކުމެވަޑައިގެންނެވުމަށްފަހު، ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ ފުލުހުން  އެމަނިކުފާނާއި ގިނަ އަދަދެއްގެ ސުވާލުތަކެއްކޮށް ގިނަ ބަޔާންތަކެއް ނެގިކަމަށެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ ތުހުމަތު ކުރާ މައްސަލައިގައި އެއްވެސް ބުރަދަނެއް ނެތްކަމަށެވެ.

"މީގައި ބުރަދަނެއް ހުރި އެއްވެސް މައްސަލައެއް އުޅޭކަމަކަށް ޤަބޫލެއް ނުކުރަން. ދެން އަޅުގަނޑުގެ އެކައުންޓުގައި ފައިސާ ހުރިއްޔާ އެއީ ކޮން ފައިސާއެއްތޯ. ޕޮލިސް އިން އެކަން ސާފުކުރާ ހިސާބަށް ދިޔައީމާ ތުހުމަތުތަކެއް ކުރީމާ ތުހުމަތުން ބަރީއަވުމަށްޓަކައި އަޅުގަނޑު ދޭން ޖެހޭ މައުލޫމާތުތައް ދޭނަން." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރެވުނީ  އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *