ކައިލީ ޖެނާއާއި ޓްރެވިސް ސްކޮޓް އެންގޭޖް ކުރި ކަމުގެ ވާހަކަތަކެއް އަނެއްކާވެސް ފެންމަތި ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކައިލީ ޝެއާ ކުރި ފޮޓޯ އަކުން އޭނާގެ ކަށި އިނގިލީގައި އަނގޮޓިއެއް އަޅާފައި އޮތުމުން ކައިލީއާއި ޓްރެވިސް އެންގޭޖް ކުރީ ކަމަށް އޭނާގެ ބައެއް ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި އަޑު ފަތުރާފައެވެ.

ކައިލީ އަދި ޓްރެވިސް އަށް ސްޓޯމީ ލިބުނުފަހުން އެދެ ތަރިންގެ ލޯބީގެ ގުޅުން ވަނީ ކުރިއަށްވުރެވެސް ބަދަހި ވެފައެވެ. އެގޮތުން ޓްރެވިސް އޭނާގެ މިއުޒިކް ޝޯ ތަކަށް ވެސް ދަނީ ކައިލީ އަދި ސްޓޯމީ ގޮވައިގެނެވެ.

ކެލިފޯނިއާގެ ޖަވާހިރު ފަދަ ތަކެތި ވިއްކާ ފިހާރަ އަކުން ވެސް ވަރަށް ފަހުން މި ދެތަރިން ފެނިފައިވެއެވެ. މިކަމާއި ގުޅިގެންވެސް ގިނަ ސަޕޯޓަރުން ބުނެފައިވަނީ އެ ދެ ތަރިން ކައިވެނި ކުރަން ތައްޔާރު ވަނީ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *