ސިނަމާލެ ބުރިޖް މަތީގައި އަދި ހުޅުމާލެ ހައިވޭގައި ކެމެރާ ހަރުކޮށް، ގައިވައިދާ ޚިލާފުވާ ފަރާތްތައް ދެނެގަނެ އެ ފަރާތުގެ ފޯނަށް ވަގުތުން އެސްއެމްއެސް ފޮނުވޭ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން ވިދާޅުވީ، ބުރިޖާއި ހައިވޭގައި ސަރވައިލަންސް ކެމެރާ ހަރުކުމަށްޓަކައި ކުރަންޖެހޭ ދިރާސާގެ މަސައްކަތާއި، ޓެކްނިކަލް ސަރވޭ ނިމިފައިވާ ކަމަށެވެ. އަދި މިހާރު ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވިގޮތުގައި ބުރިޖާއި ހައިވޭމަތީގައި ދުއްވާ ފަރާތްތަކުގެ ތެރެއިން ގަވައިދާ ޚިލާފުވާ ފަރާތްތައް ވަގުތުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ޖޫރިމަނާކުރެވުނު ކަން ހަމަ އެވަގުތު މެސެޖަކުން އެންގޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.
ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން އިތުރަށް ވިދާޅުވީ، ސިނަމާލެ ބުރިޖާއި ހުޅުމާލެ ހައިވޭގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ކޮމާންޑް ސެންޓަރެއް ގާއިމުކޮށް، ގަވައިދާ ޚިލާފަށް ދުއްވުމާއި، ލޭން ބަދަލުކުރާނަމަ އެފަރާތަކަށް ކޮމާންޑު ސެންޓަރުން ވަގުތުން އަންގާނެ ކަމަށެވެ.
އަދި ބުރިޖުގެ ކޮންމެ 100 މީޓަރަކުން ވަކިން ލޭން ބަދަލުކުރާ ފަރާތްތަކަށް ކޮމާންޑު ސެންޓަރުން އެ މައުލޫމާތު ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ބުރިޖާއު ހައިވޭގެ ސަލާމަތީ ކަންކަމަށް އާންމު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ބުރިޖާއި ހައިވޭގައި މިހާތަނަށް ގިނަ އެކްސިޑެންޓުތައް ހިނގައި، ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *