މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަޒައިލް ޝިޔާމް އައްޔަން ކުރައްވައިފި އެވެ.
މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމަށް މިއަދު ޝަޒައިލް އައްޔަނުކުރެވުނު އިރު، ޝަޒައިލް ވަނީ ފިޝަރީޒް މިނިސްޓިރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، ކޫއްޑޫ ފިޝަރީސްގެ ޗެއާމަން ކަމާއި، ޓޫރިޒަމްގެ ނައިބުކަންވެސް ކުރައްވާފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވުމުން އޭނާ ވަނީ އޭރުގެ ޓޫރިޒަމް މިނިސްޓްރީގައި ހުންނެވި މަގާމުން ވަކިކުރައްވާފަ އެވެ.
ޝަޒައިލްއަށް މޯލްޑިވްސް ގޭސްގެ އެމްޑީކަން ދެއްވާފައިވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމްގެ ސްލޮޓަކުންނެވެ.