ތިމާވެއްޓާއި ގުޅޭ ހުރިހާ މަައުލޫމާތު ތަކެއް ހިއްސާ ކުރަން ހާއްސަ ހޮޓްލައިނެއް އެންވާރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ, (އީޕީއޭ) އިން ގާއިމުކޮށްފިއެވެ.

އީޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ވަނީ ތިމާވެއްޓާއި ގުޅުން ހުރި ކަންތައް އެ އިދާއިރާއަށް ހިއްސާ ކުރުމަށް ހާއްސަ ކޮށްގެން ހޮޓްލައިނެއް ހެދިކަން ޔަޤީން ކޮށްދީފައެވެ. ތިމާވެށީގެ މައްސަލަތައް ރިޕޯޓްކުރުމަށް ގުޅަންޖެހޭ ނަންބަރަކީ 7980379 އެވެ. އެ ނަންބަރަށް ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 08:00 އަށް މައްސަލަތައް ރިޕޯޓްކުރެވޭނެ ކަމަށް އީޕީއޭއިން ބުންޏެވެ. 

ރާއްޖޭގައި މިހާރަކަށް އައިސް ހިންގަމުންގެންދާ ބައެއް ކަންތައްތަކުން ތިމާވެއްޓަށް ގެއްލުން ލިބެމުން ދާތީ ބައެއް އާއްމު ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އީޕީއޭ އިން ބުނީ، ވައިބާ އަދި އެސްއެމްއެސް މެދުވެރިކޮށް ކޮންމެ ގަޑިއަކުވެސް މައްސަލަތައް ރިޕޯޓްކުރެވޭނެ ކަަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *