ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުހަށް ހާޒިރުވެއްޖެއެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުވީ އެމްއެންޑީއެފްގެ ވެހިކަލްއެއްގައެވެ. 

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރި ވަގުތު ފުލުހުންގެ އިދާރާ ކައިރި ވަނީ އާންމުންގެ ވެހިކަލްތަކަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފައެވެ. ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީގެކުރިންވެސް، ޔާމީން ވަނީ ފުލުހަށް ގެންދެވި، ސުވާލު ކުރެވިފައިވެއެވެ. ރައީސް ޔާމީންގެ މައްސަލަ ފުލުހަށް ހުށަހެޅި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.

"ޖަޒީރާ" އަށް އެނގިފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ، މަނީ ލޯންޑަރިންގެ މައްސަލައަކާ ގުޅިގެންނެވެ.

(އިތުރު ތަފްސީލް އަންނަނީ...)

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *