މާލޭގެ މަގުމަށްޗައް ކުނި އެޅި ދެ ފަރާތެއްގެ ނަން ހާމަކޮށް އެ ފަރާތްތަކާއި  މެދުގައި ފިޔަވަޅު އަޅައިފިއެވެ.

އެންވައިރަމެންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނީ މާލޭގެ މަގުތަކަށް ކުނި އެޅުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވަނީ ބ. ތުޅާދޫ/ މޫރިތި، ހުޝާމް އަލީ އާއި، ހދ. ނޭކުރެންދޫ/ ފްލަވަރ ހައުސް، ޒުބައިދާ އަލީއެވެ

ޖުބައިދާ ޖޫރިމަނާކޮށްފައިވަނީ ޗާނދަނީ މަގު، ކޮމަށީގެ ކަންމައްޗަށް ކުނި އެޅުމުގެ ސަބަބުންނެވެ. އަދި ހުޝާމް ޖޫރިމަނާކޮށްފައިވަނީ ދެވިނަމަގު މއ. ސިފްރާންގޭ ކަންމައްޗައް ކުނި އެޅުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ މަގުތަކަށް ކުނި އެޅުން ހުށްޓުވުމަށް މަގުތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކުރަން ފަށާފައެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *