ފެނަކަ ކޯޕަރޭޝަންގެ ބޯޑަށާއި އެމްޕީއެލްގެ ބޯޑަށް ޑިރެކްޓަރުން ހަމަޖައްސައިފި އެވެ. އެގޮތުން ހަމަޖައްސާފައި ވަނީ ނޮން އެގްޒެކިއުޓިވް ޑިރެކްޓަރުންނެވެ.
ފެނަކަ ކޯޕަރޭޝަންގެ ބޯޑަށް އައްޔަނު ކުރައްވާފައިވަނީ، މ. ބަނަފްސާ، އަލީ ވަހީދުއާއި، ދ. ކިނބިދޫ، ކަންމަތީގެ، މުހައްމަދު ނާޝިދު އާއި، ޏ. ފުވައްމުލަކު، މުރާކި، މުހައްމަދު އާތިފު އެވެ. އަދި އެމްޕީއެލްގެ ބޯޑަށް އައްޔަން ކުރައްވާފައިވަނީ ޅ. ހިންނަވަރު، ރެޑް ސްޓާ، އިބްރާހީމް އަބްދުﷲ އެވެ.