ޕީއެސްއެމް ގެ ޗެއާމަން ކަމަށާއި ބޯޑު މެމްބަރުކަމަށް ބޭފުޅުން އައްޔަންކުރައްވައިފި އެވެ.

ޕީއެސްއެމްގެ ޗެއާމަނަކަށް އައްޔަންކުރެއްވީ އިބްރާހިމް ހިލްމީ އަދި ބޯޑު މެމްބަރަކަށް ޕްރެޒެންޓަރު މަރިޔަމް ވަހީދާ އެވެ. ޗެއާމަނަކަށް އައްޔަންކުރެއްވި ތ. ވިލުފުށި، ހިލްމީއަކީ 2015 ވަނަ އަހަރު އެކުލަވާލި އެ ބޯޑުގެ ފުރަތަމަ ވައިސް ޗެއާމަނެވެ. ނަމަވެސް ޕީއެސްއެމްގެ ގާނޫނަށް ފަހުން ބަދަލު ގެނެސް، ބޯޑު އެކުލަވާލިއިރު އާ ބޯޑުގައި އޭނާ ނުހިމެނެ އެވެ.

ގ. ހިލްމަން، މަރިޔަމް ވަހީދާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފެއްދި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިވް ކޯޕަރޭޝަން (އެމްއެންބީސީ) ގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭކަނބަލެކެވެ. އޭގެ ފަހުން އެމްބީސީ ގެ މެމްބަރަކަށް ވުމަށްވެސް ކުރިމަތިލެއްވި އެވެ. އެންމެ މަތިން މާކްސް ލިބުނު ނަމަވެސް މަޖިލީހުން އޭނާގެ ނަމެއް ފާހެއް ނުކުރެ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ، ކުރިން ޓީވީއެމްގެ ސީއީއޯ އަކަށް ހުންނެވި އަލީ ހާލިދެވެ. ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކީ މުހައްމަދު ޝަމީމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *