ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ ރައީސް އަޙުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ސީރިޔަސްވެ އައިޖީއެމްއެޗްގެ އެމަޖެންސީގައި އެޑްމިޓް ކޮށްފިއެވެ.

އަދީބުގެ ސިއްހީ ހާލުކޮޅު ސީރިއަސްވެ، މިރޭ އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާއިރު އަދީބު އައިޖީއެމްއެޗްއަށް ވައްދައިގެން ގެންދިޔައީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

"ޖަޒީރާ"އަށް މައުލޫމާތު ދެއްވަމުން އެމްޓީޑީގެ ނައިބު ރައީސް ސާއިފް އަހްމަދު ވިދާޅުވީ، އަދީބުގެ ހާލު ސީރިއެސް ކަމަށާއި އަދީބަށް އެމަޖެންސީގައި ފަރުވާދެމުން އަންނަނީ ކިޑްނީގައި ހިލަ އުފެދިފައިވާ މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އަދީބަށް މީގެ ކުރިންވެސް ތަފާތު އެކި ސިއްހީ މައްސަލަތައް ދިމާވެފައިވާ އިރު، ކިޑްނީގައި އުފެދުނު ހިލަތަކެއް ނެގުމަށް އޭނާ ވަނީ މިފަހަކުން އޮޕަރޭޝަންވެސް ކޮށްފަ އެވެ.

އަދީބުގެ ކިޑްނީގެ އޮޕަރޭޝަންގައި ނައްތާލަން މަސައްކަތްކޮށްފައި ވަނީ އަދީބުގެ ވާތް ފަރާތު ކިޑްނީގައި އިން ހިލަ ކޮޅެކެވެ. އޭގެ އިތުރުން ކަނާތް ފަރާތު ކިޑްނީގައި ވެސް ދެ ހިލަކޮޅު އިންނަ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުންޏެވެ.

ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ނެގުމުގެ އޮޕަރޭޝަނަށްފަހު، ޑޮކްޓަރުންގެ އިރުޝާދާއެކު އަދީބު ގޭބަންދަށް ބަދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ގޭބަންދުގައި މަހަކަށް ވުރެއް ގިނަ ދުވަހު ބެހެއްޓުމަށް ފަހު އަދީބު ޖަލަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދީބު ޖަލަށް ގެންދެވުނީ "ހޯމްލީ އެންވާރްމެންޓް" އެއްގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވި މުއްދަތު ހަމަވުމުން ކަމަށް ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭނާ ގޭބަންދުގައި މި މަހުގެ 27 ވަންދެން ބަހައްޓަން ޑޮކްޓަރުން ލަފާ ދިންކަމަށް އެމްޓީޑީންނާއި އޭނާގެ އާއިލާއިން ބުނެއެވެ. އަދި މިމަހު 27 ވަންދެން ގޭގައި ބެހެއްޓުމަށް ޑޮކްޓަރު ދީފައިވާ ލިއުންތައްވެސް މިހާރު ހޯމް މިނިސްޓްރީއާ ކަރެކްޝަންސް އާއި ހަވާލު ކޮށްފައިވާ ކަމަށްވެސް އެމްޓީޑީން މައުލޫމަތު ދެއެވެ. 

އެމްޓީޑީން އިތުރަށް ވިދާޅުވި ގޮތުގައި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އަދީބުގެ އަންހެނުން، މަރިޔަމް ނަޝްވާ އާއި ބައްދަލުކޮށްފައިވާ ކަމަށާއި، ޑޮކްޓަރުން ލަފާދީފައިވާ ގޮތުގެ ލިއުންތައް އެޗްއާރްސީއެމްއާވެސް ހިއްސާ ކުރެވިފައިވާ ކަމަށެވެ.  

މައުލޫމާތު ލިބޭ ގޮތުގައި އަދީބު ގޭ ބަންދުން ޖަލަށް ބަދަލު ކުރުމަށްފަހު ކަރެކްޝަން ސާވިސްއިން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައެވެ. އެގޮތުން އަދީބަށް ބޭސްތައް ހަވާލު ކުރެވުނީ 48 ގަޑި އިރު ފަހުން ކަމަށާއި، އަދީބުގެ ބަލި ހާލަތު ގޯސްވީ ގަޑިން ގަޑިއަށް ބޭސް ނުކެވުމުން ކަމަށްްވެސް މައުލޫމާތު ލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *