ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ހަރަކާތް، މައުމޫން ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. 

އެމްއާރްއެމް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމްއާރްއެމް ގެ ފަރާތުން މަޖިލިސް އަށް ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހު ދިހަ ވަނަ ދުވަހުގެ ކުރިން 7965444 އަށް ގުޅައި ނޫނީ މެސެޖަކުން އެކަން އެމްއާރްއެމްއަށް އަންގާ ނަން ނޯޓް ކުރުމަށް އެދޭ ކަމަށެވެ.

އެމްއާރްއެމް އިން ދަނީ، މައުމޫނުގެ ތާއީދާއެކު މަޖިލީހުގެ އިންތިހާބަށް ވާދަ ކުރާނެ ފަރާތްތަކާ އެކު އިންޓަވިއު ކުރަމުންނެވެ. ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓީތައް އެކުގައި މަޖިލީހުގެ އިންތިހާބުގައި ވާދަކުުރުމަށް ބޭއްވި މަޝްވަރާތައް ނާކާމިޔާބުވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށް ކުރިމަލުމަށް އެމްޑީޕީން ނިންމާފައިވާ އިރު، ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީގެ ޓިކެޓުގައި ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *