ކަޅުވަކަރު މިސްކިތް ޗާންދަނީ މަގުގައި ހުރި ކުރީގެ ދިރާގު މައި އޮފިސް ހުރި ބިމުގައި ބަހައްޓަން ހެރިޓޭޖު މިނިސްޓްރީން ނިންމުމުން އެކަމާއި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ހިތްހަމަ ނުޖެހުން ފާޅުކުރަން ފަށައިއެވެ.

އެގޮތުން އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ކީރިތި ރަސޫލާ މަނާކުރައްވައިފައިވާކަމަށެވެ. 

"އެއީ ދީނީގޮތުން ބަލާއިރު އިލްމުވެރިން ބަހުސްކޮށްފައިން މައްސަލައެއް. މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ވަނީ މަނާކުރައްވައިފައި." ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމްގެ އިތުރުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް ޒައިދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކަޅުވަކަރު މިސްކިތް، އިސްލާމިކް މަރުކަޒުގެ ކައިރީގައި ބަހައްޓައިފިނަމަ މުންކަރާތްތަކަށް މަގުފަހިވާނެ ކަމަށާއި އެހެންކަމުން އެއީ އެއްވެސް ހާލެއްގައި ކުރުން ރަނގަޅު ކަމެއް ނޫންކަމަށެވެ.

"އިސްލާމީ މަރުކަޒާއި އިންވެގެން ނަމާދުކުރާ ގޮތައް ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫން. ދެ މިސްކިތުގެ އަޑުގަދަކުރާއިން އުނދަގޫވުމާއި އެތަކެއް މުންކަރާތަކަށް މަގުފަހިވެގެންދާނެ" ޝައިހް ޒައިދު ވިދާޅުވިއެވެ.

ޝައިހް ޒައިދުގެ އިތުރުން ޑރ.ޝަހީމްވެސް ވިދާޅުވި ގޮތުގައި ކަޅުވަކަރު މިސްކިތުގައި ނަމާދު ނުކޮށް އެ މިސްކިތް ތާރީހީ ބިނާއެއްގެ ގޮތުގައި އިސްލާމިކް މަރުކަޒު ކައިރީގައި ބެހެއްޓުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ނަމާދު ކުރާ ގޮތައް ދެ މިސްކިތް ކައިރި ކައިރީގައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައެވެ.

ކަޅުވަކަރު މިސްކިތް އިސްލާމީ މަރުކަޒާއި އިންވެގެން އޮންނަ ހުސް ބިމުގައި ބަހައްޓަން ނިންމުމުން އެކަމާއި ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވައިފައިވާއިރު، ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވީ ކުރީގެ ސަރުކާރުން ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ނިންމާފައިވާ ސަރަހައްދާއި މެދު އިލްމުވެރިން ފާޅުކުރި ކަންބޮޑުވުންތަކާ މެދު ސަރުކާރު މަޝްވަރާ ކުރަމުންދާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *