ޕިއްޒާ ހަޓްއަށް ނުވަނުމުން އެކަމާ ރުޅިއައިސްގެން އިންޑިއާގެ ކުރޮޅި ދުއްވާ ފިރިހެނަކު އޭނާގެ ލޯބިވެރިޔާގެ ގައިގައި ކުރޮޅިން ޖައްސައިފިއެވެ.

އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ، ޓެމިލްނާޑޯއަށް އުފަން، އުމުރުން 33 އަހަރުގެ ރަނިލް ދޭވަން، ކުރޮޅިއަކުން ޖައްސާފައިވަނީ، އުމުރުން 38 އަހަރުގެ އޭނާގެ ލޯބިވެރިޔާ ސުމާންތާ ކާންގެ ގައިގައެވެ. ކުރޮޅިން ލޯބިވެރިޔާ ގައިގައި ޖެއްސީ އޭނާ ޕިއްޒާހަޓް އަށް ދާން އެއްބަސް ނުވުމުންނެވެ.

ބެންގަލޫރުގެ އަވަށެއް ކަމަށްވާ އާރްޓީނަގަރުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިހާދިސާ ހިނގަމުން މެދުވެރިވީ ސުމާންތާ ކާން ޕިއްޒާ ހަޓްއަށް ދާން ދެކޮޅު ހެދުމަށްފަހު ކުރޮޅިން ބޭރުގައި މަޑުކޮށްގެން ހުއްޓާއެވެ. އަދި އޭނާގެ ގައިގައި އޭނާގެ ލޯބިވެރިޔާ ރަނިލް ދޭވަން ކުރޮޅިން ޖެއްސުމުން ސުމާންތާ ކާން އޮތީ ކުރޮޅީގެ ދަށުވެފައެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި ރަނިލް ދޭވަން އޭނަގެ ލޯބިވެރިޔާގެ ގައިގައި ކުރޮޅިން ޖެއްސުމަށް ފަހު ދެފަހަރު މަތިން އޭނާގެ ލޯބިވެރިޔާގެ ގައިގެ މަތިން ކުރޮޅި ދުއްވާލިއެވެ.

މިހާދިސާގެ ސަބަބުން ސުމާންތާ ކާންއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ލޯބިވެރިޔާ މިހާރުވަނީ މާރާމާރީގެ މައްސަލާގައި ކަރްނާޓަކާ ސްޓޭޓް ޖަލުގައި ބަންދުކޮށްފައެވެ. އަދި އޭނާގެ ކުރޮޅި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *