ގޭގައި ގެންގުޅޭ ކުއްތާއާ ބައްދަލުކުރުމަށް އެމެރިކާގެ އެރިޒޯނާގެ ޖަލުން ފިލި މީހަކު އެސަރަޙައްދުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ޕިނަލް ކައުންޓީ ޝެރިފްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ކުއްތާއާ ބައްދަލުކުރުމަށް އެރިޒޯނާ ޖަލުން ފިލާފައިވަނީ މިކާލިން ޖޯސެފް ނަމަކަށް ކިޔާ 27 އަހަރުގެ މީހެކެވެ. އޭނާ ޖަލުން ފިލާފައިވަނީ، އޭނާ ޖަލަށް ލިތާ 48 ގަޑިއިރުވެސް ނުވަނީސް ކަމަށް ކައުންޓީ ޝެރިފްގެ އޮފިސަރުން ބުނެއެވެ. އަދި އޭނާ ޖަލުން ފިލިތާ ދެތިން ގަޑިއިރު ތެރޭ ހައްޔަރުކޮށްފައިވާ ކަމަށްވެސް އޮފިސަރުން ބުނެއެވެ.