ދީނީ ދަރުސްތަކުގެ ސަބަބުން އާންމުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭކަމަށް މީގެ  ކުރިން ވެސް އިސްލާމްދީނުގެ އަގީދާއާއި ހިލާފު  އެތައް ވާހަކައެއް ދައްކާފައިވާ ނޫސްވެރިޔާ، އައިޝަތު އާނިޔާ ބުނެފިއެވެ.

އިއްޔަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ދީނީ ދަރުސްތައް ކުރިއަށް ގެންގޮސްފައިވާއިރު އެ ދަރުސްތަކަށް ފާޑުވިދާޅުވެ، އާނިޔާ މިއަދު ހެނދުނު ކުރި ޓްވީޓުގައި ބުނެފައިވަނީ ދީނީ ދަރުސްތަކުން ނިކުތް އެންމެ ބޮޑު ނަތީޖާއަކީ ޒަމާނުއްސުރެއް ދިވެހީންގެ ތެރޭގައި އޮތް ޓޮލަރެންސްގެ ސިފަ ނެތިގެން ދިޔުމާއި މީސް މީހުންގެ އަބުރާއި އެމީހުންގެ ދީނީ އަގީދާއާއި މެދު އާންމުންގެ ތެރޭގައި ސުވާލު އުފައްދާ ފިތުނަ ފަސާދަ ފެތުރުން ކަމަށެވެ.

އާނިޔާ  ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށް އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާއިރު އޭނާ ވަނީ މާލޭގައި އިމާރާތް ކުރަމުން އަންނަ ސަލްމާން މިސްކިތަކީ ހުތުރު އިމާރާތެއް ކަމަށް ބުނެފައެވެ. އާނިޔާ ބުނީ "މިހުތުރު އިމާރާތް" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރީތި މަންޒަރު ބެލުމަށް ހުރަސް އަޅާ ކަމަށްވެސް މީގެ ކުރިން ބުނެފައެވެ.

އާނިޔާ އަކީ 2007 ވަނަ އަހަރު ވެސް އިސްލާމްދީނަށް ފުރައްސާރަކޮށް މިނިވަން ނޫހުގައި ލިޔުމެއް ލިޔުނު މީހެކެވެ. އެމައްސަލައިގައި އޭނާ އޭރު އިސްލާމީ ކަންތައްތަކާއި ބެހޭ މަތީ މަޖިލީހަށް ހާޒިރުކޮށް ނަސޭހަތް ވެސް ދިނެވެ. 

އާނިޔާ އަކީ މިހާރު ވެސް "މިނިވަން ރޭޑިއޯ" ގެ ނަމުގައި ރޭޑިއޯއެއް ހިންގަމުން އަންނަ މީހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *