ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތެދުވެރިކަމާއި މެދު ސުވާލު އުފެދޭގޮތަށް ލިބޭ ހަދިޔާތައް އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލު ކުރަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ. 

ކުރިން އެގަވައިދުގައި ވާގޮތުން ސިޔާސީ މުވައްޒަފެއްގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާ މެދު ސުވާލު އުފެދިދާނެ ފަދަ ގޮތަކަށް އެހެން ފަރާތަކުން ހަދިޔާއެއް ދީފި ނަމަ، އެ އެއްޗެއް ރައީސް އޮފީހަށް ނުވަތަ ރައީސް ކަނޑައަޅާ ފަރާތަކަށް ފޮނުވަންޖެހެ އެވެ. ނަމަވެސް އެ އުސޫލަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން އެފަދަ ހަދިޔާއެއް ލިބިއްޖެ ނަމަ، އޭސީސީއަށް ނުވަތަ އޭސީސީން ކަނޑައަޅާ ފަރާތަކަށް އެ ހަދިޔާއެއް ހަވާލުކުރަން ޖެހެއެވެ. ސިޔާސީ މުވައްޒަފަކު އެފަދަ ހަދިޔާއެއް ބަލައިގަތުމަކީ ކުށެއް ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ. އަދި އެފަދަ ހަދިޔާއެއް ދިނުމަށް މީހަކު ހުށަހަޅައިފި ނަމަ، އެކަން އޭސީސީއަށް ލަސްނުކޮށް އަންގަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ މުވައްޒަފުން އަމަލު ކުރަންޖެހޭ އެ އުސޫލަކީ 2012 ޖުލައި، އިން ފެށިގެން އަމަލު ކުރަމުން އަންނަ އުސޫލެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *