މިއީ ގާތްގަނޑަކަށް 1930ގެ އަހަރުތަކުގައި ކޮޅުމަޑުލު ވޭމަންޑޫ ގައި ހިނގައިފައިވާ ހަގީގީ ހާދިސާއެކެވެ. އެދުވަސްވަރަކީ ކާބޯތަކެތި ލިބުމުގައި ވަރަށް ތަދުދުވަސް ވަރެކެވެ. އެދުވަސްވަރުގެ ތަދުކަމާ ހުރެ ރުއްގަހުން މޭވާ ކާށި ކެޔުން ވަނީ ރަށު އޮފީހުން މަނާކޮށްފައެވެ. ވަކި އުސޫލުތަކެއް މިކަމަށް ކަނޑައެޅިފައިވާކަމަށްވެއެވެ. މިއުސޫލާ ހިލާފުވާނަމަ އަދަބު ދިނުމަކީ އޭރު އޮންނަ ގަވާއިދެވެ.

ނަމަވެސް ހައިހޫނު ކަމަކީ އިންސާނާއަށް ތަހައްމަލު ކުރަން އެންމެ ދަތި އެއް ކަންތަކެވެ. މިދެންނެވި ދުވަސް ވަރަކީ ރައްކާބޭގެ އައްޔުގެ ޒުވާން ދުވަސްވަރެވެ. ބުނާބަހުގައި ހިފެހެއްޓުމަކީ މިހާރަށްވުރެ އެދުވަސްވަރުގައި މީހުންގެ ކަށީގައި ހިފައިފާވާ އާގައެކެވެ. މިގޮތުން ރައްކާބޭގެ އައްޔަކީ އެކަމުގައި އަރައި ހުރި ފަހުލަވާނެއް ކަމަށް ބުނެއެވެ. ކަންވެ ނިމުނީވެސް މިކަމަށް ހެކިދެމުންނެވެ.

ގަދަބަހެއްގެ ގޮތުގައި ރައްކާބޭގެ އައްޔު ބުނިކަމަށްވަނީ " ވަގަށް ކާށި ކައިގެން މި ރައްކާބޭގެ އައްޔެއް ނުފެންނާނެ " މިހެންނެވެ. ދުވަސް ކޮޅެއްފަހުން މިބުނި ރައްކާބޭގެ އައްޔު ވަލުތެރޭގައި ކާށި ކާން އިންތަން ބަޔަކަށް ފެނުނެވެ. އެހެން ނަމަވެސް ރައްކާބޭގެ އައްޔު ރަށުތެރަށް އެރުމުގެ ބަދަލުގައި ހިޔާރުކުރީ ވާބޯ ޖަންގައްޔެވެ.

ވަލުތެރަށް ވަދެފިލީއެވެ. ރައްޔިތުން ނިކުމެ ރައްކާބޭގެ އައްޔު ފެނޭތޯ ވަރަށް މަސައްކަތް ކުރިކަމަށް ވެއެވެ. 3 ދުވަސް ފަހުން ރައްކާބޭގެ އައްޔު ފެނުނުއިރު ހުރީ ނިކަގަހެއްގައި ވަކަ ގަނޑަކުން ދަންޖެހިފައެވެ. ކައިފަ ހުރި ކާށި އަނގައިގަ ހުރިކަމަށް ބުނެއެވެ.

ރައްކާބޭގެ އައްޔުގެ ނިމުން ކިތަންމެ ހައިވެސް ހިއްޗެވެ. ވަޅުލެވުނު ކަމަށްވަނީ ދަންޖެހިފަހުރި ދިމާގައި ވަޅުގަނޑެއް ކޮނެ ދަންޖެހިފަހުރި ވާގަނޑު ކަނޑާލައިގެން ކަމަށް ބުނެއެވެ.

ކޮންމެ ފަހަރަކު ތިމާ ގޮތުގައި ހިފެހެއްޓުމަކީ އާހިރުގައި އެކަމުން ފައިދާ އަށްވުރެ ގެއްލުން ބޮޑު ކަމަކަށްވެސް ވެދާނެއެވެ.

ރައްކާބޭގެ އައްޔަކީ ދިރިތިބީންނަށް ނަމޫނާއެއް ނޫނެވެ. އެހެން ނަމަވެސް އިބުރަތެއް ކަމުގައި މިހާދިސާ ވެދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *