ސައުދި އަރަބިޔާގެ އަންހެނުންނަށް އެ ކަނބަލުން ވަރި ކުރިކަން، މެސެޖެއްގެ ޒަރިއްޔާއިން އެނގޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. 

ސައުދީގެ ޖަސްޓިސް މިނިސްޓްރީއިން މިގޮތަށް ކަންކުރަން ނިންމުމުން، އަންހެނުންނަކީ އެ ކަނބަލުން ވަރި ކުރި ކަމުގެ ހަބަރު އެންމެ ފަހުން ލިބޭ ބަޔަކަށް ވުން ހުއްޓިގެންދާނެ ކަމަށް ސައުދީގެ ގިނަ އަންހެން ގާނޫނީ ވަކީލުން ތަކެއް ބުނެފައިވެއެވެ. 

ސައުދީގެ ނޫހެއް ކަމުގައިވާ ސައުދީ ގެޒެޓައް އެތަނުގެ އަންހެން ގާނޫނީ ވަކީލެއް ކަމުގައިވާ ނިސްރީން އަލް ގަމްދީ ދިން އިންޓަވިއު އެއްގައި ބުނެފައި ވާގޮތުގައި އަންހެނުން ވަރިކުރުމަށްފަހުވެސް އެމީހުންގާތު އެވާހަކަ ނުބުނެ އެތައް ދުވަހެއް ވަންދެން އެކީގައި އުޅޭ އެތައް މައްސަލަ އެއް ފެނިފައިވާ ކަމަށެވެ.

ނަމަވެސް ވަރިކުރުމުން އަންހެނުންނަށް މެސެޖު ލިބޭނެ ކަމަށް ބުނާ މި ގާނޫނު ތަންފީޒު ކުރެވުމުން އެ ކަނބަލުން ކިބައިން ނާޖާއިޒު ފައިދާ ނެގުންވެސް ހުއްޓިގެންދާނެއެވެ. 

ސައުދީގައި ކުރިން އަންހެނުންނަށް ކާރު ދުއްވުންވެސް ވަނީ ގާނޫނީ ގޮތުން މަނާ ކުރެވިފައެވެ. ނަމަވެސް 2018 ވަނަ އަހަރު ލައިސެންސް ނެގުމުގެ ހުއްދަ ވަނީ އަންހެނުންނަށް ދީފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *