ދ. ހުޅުދެލީގެ ކައުންސިލު މެމްބަރުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމު މުހައްމަދު ޞާލިހާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ހުޅުދެލީގެ ކައުންސިލު މެމްބަރުން ވަނީ އެރަށަށް ދިމާވެފައިވާ، ދަތިތަކާއި ބެހޭ މައުލޫމާތު ރައީސް އާއި ހިއްސާ ކުރައްވާފައެވެ. ހުޅުދެއްޔަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެރަށު ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި އެދިފައެވެ.

ހުޅުދެލީ ކައުންސިލު އިދާރާގެ ރައީސް ވިދާޅުވީ، އެރަށުގައި މިހާރު ތިން ޖަނެރޭޓަރު ހުރި ނަމަވެސް ކަރަންޓްގެ ލޯޑު ބޮޑުވެ ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެމުންދާ ކަމަށާއި، އަދި ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓް ބޭނުންކުރުން އިތުރުވާނެތީ، ކަރަންޓް ކެނޑުމުން އިންތިހާއަށް އުނދަގޫވާނެތީ އެކަމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާ ކުރެއްވި ކަމަށެވެ.

ހުޅުދެލީ ކައުންސިލުގެ މެމްބަރުންނާއި ބައްދަލުލުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި އެގޮތުން ބަނދަރުގެ ދަތިކަން ހައްލުކުރުމާއި ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *