ބިރުވެރި ސިފައެއްގައި ހުރި މީހަކު ތުރުކީއަށް އެތެރެވުން މަނާކޮށް އަނބުރާ ފޮނުވާލައިފި އެވެ.
ތުރުކީގެ އިސްތަނބޫލް އެއާޕޯޓުން ހިފަހައްޓާފައިވަނީ ޖަރުމަނު ވިލާތަށް ނިސްބަތްވާ ރޮލްފް ބުޗޮލްސް ކިޔާ މީހެކެވެ. އެނާއަކީ 58 އަހަރުގެ ކޮމްޕިއުޓާ އެކްސްޕާޓެކެވެ. ހަށިގަނޑުގެ އެންމެ ގިނަ ތަންތަން ތޮރުފުމުގެ ވޯލްޑް ރިކޯޑު އޮތް މިމީހާ ގެ ހަށިގަނޑުގެ 453 ތަނެއް ތޮރުފާފައިވެއެވެ. އަދި ދޫ ވެސް ވަނީ ދެފަޅިއަށް ބުރިކޮށްލާފައެވެ. އޭނާ ނިއްކުރީގައި ދެ ދަޅު ހުންނަ އިރު އެ ދެ ދަޅަކީ ސާޖަރީ ހަދައިގެން ޖަހާފައި ހުރި ދެ ދަޅެވެ.
ރޮލްފު ވަނީ މީގެ ކުރިންވެސް އެކި ގައުމުތަކަށް އެތެރެވުން މަނާ ކޮށްފައެވެ. އެގޮތުން 2014 ވަނަ އަހަރު އެނާ ވަނީ ދުބާއިއަށް އެތެރެވުންވެސް މަނާ ކޮށްފައެވެ. އަދި ވަގުތުން ދުބާއީ އެއާޕޯޓުން އޭނާ ބޯޓަކަށް އެރުވުމަށްފަހު އެމެޖެންސީގައި އޭނާވަނީ އަނބުރާ ފޮނުވާލާފައެވެ.
އިސަތަންބޫލުގެ ފުލުހުން ހާމަ ކުރިގޮތުގައި އޭނާ ތުރުކީއަށް އެތެރެވުން މަނާ ކުރީ ސިހުރުހަދާ މީހެއްކަމަށް ތުހުމަތު ކުރެވޭތީއެވެ. މީގެ ކުރިންވެސް ދުބާއީންވެސް އޭނާ ބޭރުކޮށްފައިވަނީ އެ ސަބަބައްޓަކައިކަން ފުލުހުން ބުނިއެވެ.