ވެރިރަށް މާލެއިން ލިބޭ އެންމެ މުހިންމު އެއް ހިދުމަތަކީ ކުއްޔަށް ދޫކުރާ ގެދޮރުކަން މިއީ އެންމެންވެސް ދަންނަ ހަގީގަތެކެވެ. ދުވަހުކުއްޔަށާއި މަހުކުއްޔަށެވެ. މިޝަކުވާއަކީ ކޮންމެ ދުވަހެއްގެ އެތައް ބައެއްގެ ޝަކުވާއެކެވެ. މިކަމަކީ ހައްލުނުވާނެ ކަމެއްކަމަށް ގިނަބަޔަކު ނިންމައިގެން ތިބި ޝަކުވާއެއްވެސް މެއެވެ.

ކުލި ބޮޑު ވުމުގެ ސަބަބުތައް ބަލަން ބޭނުން ނުވުމަކީ ހިތާމަހުރި ކަމެކެވެ. ރަށްފުށުގަ ކުރަން ޖެހޭ ހަރަދުތަކާއި އަޅާކިޔާއިރު މާލޭގެ ކުރަން ޖެހޭ ހަރަދުތަށް ރަށްފުށާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުން ތިބެނީ ކުލިބޮޑު ކުރަން ޖެހޭތީ ހަގީގަތުގައި އުފަލަކުން ނޫނެވެ.

މިގޮތުން ފާހަގަ ކޮށްލެވޭ އެއްކަމަކީ ގެދޮރު އިމާރާތް ކުރުމަށް މާލޭގައި ކުރަން ޖެހޭ ހަރަދެވެ.

ތިންނާޅި ހަނޑުލަށް ވާވަރުގެ ދޮންވެލި ކޮޅެއް ލިބޭ އަގަކީ ވިހި ފަންސަވީސް ރުފިޔާއެވެ. ރަށްފުށުގައި މިއަގުގައި ވެލިގަންނަން ޖެހޭނަމަ ހަގީގަތުގައިވެސް ތިބޭނީ ވެލި ނު ގަނެއެވެ. އެކަން އަމިއްލަ އަތުން ކުރެވޭނެ މަގު ވަނީ ރަށްފުށުގައި ކުޑަހަރަދަކުން ފަހިވެފައެވެ. ނަމަވެސް މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ބޭނުންނަމަ ޖެހެނީ ކީ ކޮންމެ އަގެއްގައި ނަމަވެސް ވެލިގަނެގެން އެކަން ކުރާށެވެ.

މިދެންނެވި ވެލި ނަގަން ގޮސް އުޅެނީކީ މާލޭގެ ގެދޮރުވެރިންނެއް ނޫނެވެ. މަސައްކަތް ކުރުވަނީ ބޮޑު ހަރަދުތަކެއްކޮށް މަގުތަށް ބަންދުކުރުވައިގެނެވެ. ކެރޭނު ތަކާއި އެހެނިހެން ވެހިކަލްތަކަށް ކުރަން ޖެހޭ ހަރަދުތައް އަދި އޮތީއެވެ.

މާލޭގެ ރަށްވެހިކަމުގައި އުޅޭ ކޮންމެ މީހަކީ މާފޯރާ މީހެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. އެތައް ގޮތަކުން ބޮޑެތި ލޯނުތައް ނަގައި ދަރަނިވެރިވެ ބަޔަކާ ހަވާލު ކުރެވި އިމާރާތްތައް ހަދާނިމޭއިރު ގޭގެ ވެރިފަރާތަށް ލިބެނީ މަދު ފަންގި ފިލައެކެވެ. އަމިއްލަ ތަނަކަށްވަނީ 20 ނުވަތަ 30އަކަށް އަހަރު ފަހުންނެވެ. ގިނަ ރަށްފުށުގައި ފެނަށް ހަރަދު ކުރަން ނު ޖެހުނެއް ކަމަކު މާލޭގައި މިކަމަށް ވިސްނާލި ނަމަވެސް އެތަކެއް ހަރަދެއް ހިނގައެވެ.

މާލޭގައި ކުލި އަގު ބޮޑުވާހަކަ ރަށްފުށުގެ ރައްޔިތުން ދައްކާއިރު މާރުކޭޓައް ބަލާލަމާތޯއެވެ. ރަށްފުށުގައި ކަނޑުމަސް ކިލޯއެއްގެ އަގު 15 ރުފިޔާ އަށް ހުރިނަމަ މާލޭގެ މާރުކޭޓުން ކައްޓާއި މަހާ ވަކިވެފަ އޮންނަ ރާގޮނޑިއެއްގެ އަގު 50 ރުފިޔާއަށް ލިބެން ހުރެއެވެ. މާރުކޭޓަކީ މަސް ވިއްކަން އާންމުގޮތެއްގައި ރަށްފުށުން ޒިޔާރަތް ކުރާ އެއްތަނެވެ.

ތަރުކާރީގެ ބާވަތް ތަކުގެ އަގުވެސް އާންމުގޮތެއްގައި ހުންނަނީ މިފަދަ ގޮތަކަށެވެ. ރަމަޞާން މަހާއި ބައްދަލު ވެއްޖެނަމަ މިއަގުތައް އިތުރަށް ޖަރީވެލައެވެ. ހަގީގަތަކީ މާލޭގަ ދިރިއުޅޭ ރައްޔިތުން އަތުން އެތަށް ގޮތަކަށް ރަށްފުށުގެ ރައްޔިތުން ނަގާ ލާރި އެންމެ ތަންފުކެއްވެސް މާލެގެ ކޮޓަރި ކުލިން ނެގޭ އަދަދަށް ވުރެން މަދު ނޫންކަމެވެ.

މިކަމަކީ ވަކި ބައެއްގެ ބޮލަށް ކަނޑާ ނިންމާލެވެން އޮތް ކަމެއްވެސް ނޫނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *