މާތް ﷲ އަޅުގަނޑުމެން މި ދުނިޔެ މައްޗަށް ފޮނުއްވެވީ ﷲއަށް އެކަނި އަޅުކަން ކުރުމަށެވެ. އަދި ﷲގެ ރިސާލަތު ދުނިޔެމަތީގައި ތަންފީޒުކުރުމަށެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ.

(وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ) سورة الذاريات: 56

މާނައީ: “އަދި ހަމަކަށަވަރުން ތިމަން އިލާހު، އިންސާނުންނާއި ޖިންނީން (ﷲއަށް) އަޅުކަންކުރުމަށް މެނުވީ ނުއުފައްދަވަމެވެ."

އެންމެ ބޮޑުވެގެންވާ ފާފައަކީ މާތް ﷲ އަށް ޝަރީކުކުރުމެވެ. އަދި ﷲ އަށް ޝިރުކުކޮށް އެހާލުގައި ހުރެ މަރުވެއްޖެނަމަ އޭނާގެ ކިބައިން އެކަމެއް ނުފުއްސެވޭނެއެވެ.

ވަޙީކުރައްވާފައިވެއެވެ.
(إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ، وَمَن يُشْرِكْ بِاللَّـهِ فَقَدْ ضَلَّ ضَلَالًا بَعِيدًا) سورة النساء 116.

މާނައީ:“ހަމަކަށަވަރުން اللَّه، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެއެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ. اللَّه އަށް ޝަރީކުކުރާ މީހާ ބޮޑުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.”

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.

(إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ) سورة المائدة: 72

މާނައީ:“ހަމަކަށަވަރުން اللَّه އަށް ޝަރީކުކުރާ މީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ﷲގެ ޙަޟްރަތުގައި އެންމެ ބޮޑު ފާފައަކީ ކޮބައިތޯ ޢަބްދުﷲ ބިން މަސްޢޫދު ސުވާލުކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. (أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ) މާނައީ؛ "ﷲ ތިބާ ހެއްދެވި ހިނދުގައި، އެއިލާހާ އެއްވެސް އެއްޗެއް ބައިވެރިކުރުމެވެ. (ޝަރީކު ކުރުމެވެ.)

މާތް ﷲ އާއި އެހެން އެއްޗެއް ބައިވެރިކުރުން ނުވަތަ ޝަރީކު ކުރުމަކީ މީހާ މުރުތައްދުވާނެ ކަމެކެވެ. އަދި އެއީ ﷲގެ ހަސްރަތުގައު އަޒާބު ގަދަފަދަވެގެންވާނެ ކަމެކެވެ. އެހެންކަމުން މާތްﷲ ޝަރީކު ކުރުމާއި އެނޫންވެސް ފާފަތަކުން ދުރުހެލިވެ ތިބުމަކީ މުހިންމު ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *