ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު، ނުރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި ސްރީ ލަންކާ އަށް ފުރާވަޑައިގެންފި އެވެ.

ރައީސް ޞޯލިހު މިއަދު ލަންކާ އަށް ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މޭޖަރ ޖެނެރަލް (ރިޓަޔާޑް) ތޮރަޑެނިޔާ އާއި ވެސް ބައްދަލުކުރައްވައިފައެވެ.

އެގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ލަންކާ އާއި ދެމެދު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ލަންކާ އަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އެއް ރަހުމަތްތެރިޔާ ކަމަށާއި، ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ.

ބައްދަލުކުރެއްވުމުގައި ސަފީރު ތޮރަޑެނިޔާ ވަނީ ރާއްޖޭގެ މަސައްކަތުގެ މައިދާނުގައި ލަންކާގެ ގިނަ ރައްޔިތުން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވާކަން ފާހަގަކުރައްވާފައެވެ.

ލަންކާއާއި ރާއްޖެެއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރެވިފައިވާތާ މިހާރު ވަނީ 54 އަހަރު ފުރިފައެވެ. ރައީސް ޞޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ފުރާވަޑައިގެންނެވި އިރު އެމަނިކުފާނު ވަނީ މިދިޔަ މަހުގެ ތެރޭގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *