މިމަހު 12 ވަނަ ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 13 ގޯޅިއެއް ބަންދުކުރާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.
އާއިލާ ތަކަށް އެކީގައި ވަގުތުހޭދަކުރުމުގެ ފުރުސަތުދީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އެ ގޯޅިތައް ބަންދުކުރަން ނިންމާފައިވާއިރު މި މަސައްކަތަކީ ރައީސް އިބްރާހީމް މުހައްމަދުގެ ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ.
ހައުސިންގް މިނިސްޓްރީގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ 12 ޖެނުއަރީ އިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ހެނދުނު 6:30 އިން 10:30 އަށް މާލޭގެ 13 ގޯޅިއެއް އާންމުންނަށް ބޭނުންކުރެވޭނެހެން ބަންދު ކުރާން ނިންމާފައިވާ ކަމަށެވެ.
އަދި ދުއްވާއެއްޗެއްސަށް ނުވަދެވޭ ގޮތައް ބަންދުކުރާ މި 13 ގޯޅީގައި އެ ވަގުތުތަކުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމުގެ އުސޫލެއް އެކުލަވާލައި ކުރިއަށް އޮތް ދެ ހަފުތާތެރޭ ގެޒެޓް ކުރެވޭނެކަމަށް ވެސް ޝާމިން ވިދާޅުވިއެވެ.
ހައުސިންގް މިނިސްޓްރީން ބަންދުކުރުމަށް ހަމަޖެހިފާއިވާ މަގު ތަކަކީ؛
- ހެންވޭރު ދޭލިޔާ ހިނގުން
- ހެންވޭރު މޫނިމާ ހިނގުން
- ގަލޮޅު ސިޓީޕާކުގެ ދެކުނަށް އޮންނަ ގޯޅި
- ގަލޮޅު ޑެއިޒީ މަގު
- މައްޗަންގޯޅި ދެވިނަ މަގު
- މައްޗަންގޯޅި ވައިދެރި ހިނގުން
- މާފަންނު ބެންތެޔޮ ގޯޅި
- މާފަންނު އަސުރުމާގޯޅި، ފަނޑިޔާރު މަގު
- މާފަންނު ކާނޭޝަން މަގު، ކުޅިދޮށު މަގު
- މާފަންނު ހިލާލީ މަގު، އަދި
- މަޖީދީމަގުގެ ސޯޝަލް ސެންޓަރ ސަރަހައްދަށް ވީފަޅި
- މިކަމާގުޅޭ ގޮތުން ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ ބަންދުކުރެވޭ މަގުތައް ފުލުހުން މޮނީޓަރ ކުރަމުން ގެންދާނެ ކަމަށާއި އާންމުންނަށް ފަސޭހަވާނެ ހެން އެ މަގުތައް ބަންދުކުރުމުގެ ކަންކަން އެކުލަވާލާނެ ކަމަށެވެ.