މާލޭގެ މަގުމައްޗަށް ކުނި އެޅި މީހަކު ޖޫރިމަނާކޮށް، އޭނާ ދިރިއުޅޭ ގޭގެ ނަން އެންވަޔަރެމެންޓް ޕްރޮޓެކްޝަން އޭޖެންސީން (އީޕީއޭ) އިން އިއްޔެ އާންމުކޮށްފި އެވެ. އީޕީއޭ އިން ކުރި ޓުވީޓެއްގައި އާއްމުކޮށްފައިވާ ގޮތުގައި، ކުނި އަޅާފައިވަނީ މުސްތަރީމަގަށެވެ. އަދި ކުނި އަޅައިފައިވަނީ، ހ. ހަނދުވަރުދޭގޭގެ ތިން ވަނަ ބުރީގައި ދިރިއުޅޭ މީހެކެވެ.

މަގުތަކަށް ކުނި އަޅާ މީހުންގެ ނަމާއި ގޭގެ ނަން އާއްމުކުރާނެ ކަމުގެ އިންޒާރު އީޕީއޭ ދީފައިވީ ނަމަވެސް މިފަހަރު ކުނި އެޅި މީހާގެ ނަމެއް އީޕީއޭއަކުން އާންމެއް ނުކުރެއެވެ. އަދި އޭނާ ޖޫރިމަނާކުރި އަދަދުވެސް އާއްމުކޮށްފައެއް ނުވެއެވެ.

މަގުމައްޗަށް ކުނި އަޅާ މީހުންގެ ވަނަވަރު އާންމުކުރުމާއި ޖޫރިމަނާ ކުރުމުގެ ބާރު ގާނޫނީ ގޮތުން އީޕީއޭ އަށް ލިބެއެވެ. ގާނޫނުގައިވާ ގޮތުން އެ ފަދަ ކުށްކުރާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ފުރަތަމަ 300ރ ގެ ޖޫރިމަނާއެއް ކުރެވޭއިރު، ކުށް ތަކުރާރުކޮށްފި ނަމަ 500 ރުފިޔާގެ ޖޫރިމަނައެއް ކުރެވެއެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. އަދި ސާފު ވެއްޓެއް ގާއިމް ކޮށް ޖަޒީރާވަންތަކަން ރާއްޖެއަށް ގެނައުމަށް، ރައީސް ސޯލިހުގެ ސަރުކާރުން ދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *