ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމުން ޙަސަން ޒިލާލް، 2018 ޑިސެންބަރު 25 ވަނަ ދުވަހު އިސްތިޢުފާ ދެއްވާފައިވާތީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އަލްއުސްތާޛު އިބްރާހީމް މުޙައްމަދު ދީދީ ޢައްޔަން ކުރައްވައިފިއެވެ.

އަލްއުސްތާޛު އިބްރާހީމް މުޙައްމަދު ދީދީ އަކީ، 2006 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަޤާމުގައެވެ. އަލްއުސްތާޛު އިބްރާހީމް މުޙައްމަދުދީދީއަކީ ޝަރީޢާ އެންޑް ލޯ ގެ ދާއިރާއިން ބެޗެލަރ ފެންވަރަށް ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *