އާދިއްތަ ދުވަހު ލަންކާ އަށް ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ލަންކާގައި ދިރިއުޅޭ އިޒްރޭލް ރައްޔިތުން އެގައުމު ދޫކޮށް ވީހާ ވެސް އަވަހަކަށް ދިއުމަށް އަދި، އިޒްރޭލް މީހުން މިދުވަސްވަރު ސްރީ ލަންކާ އަށް ދަތުރު ނުކުރުމަށް، އިޒްރޭލް ސަރުކާރުން އިލްތިމާސްކޮށްފި އެވެ.

އިޒްރޭލުގެ ކައުންޓަ-ޓެރަރިޒަމް ބިއުރޯ އިން ބުނީ ޓްރޭވަލް އެޑްވައިޒަރީއެއް ނެރެން ޖެހުނީ ސެކިއުރީ އަދި ފޮރިން މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި އިންޒާރު ނެރެން ޖެހުނު އަނެއް ސަބަބަކީ ސްރީ ލަންކާގެ ސަލާމަތީ ކަންކަން މިދުވަސްވަރު ދަށްވުމުން ކަމަށެވެ.

ލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް ވަނީ 70 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. މިދިޔަ ހަފްތާ އާދިއްތަ ދުވަހު ލަންކާ އަށް ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ވަނީ، 37 ބިދޭސީއަކު މަރުވެފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ހަތަރު މީހުންނާއި އިންޑިއާގެ 10 މީހުން އަަދި އިނގިރޭސި ވިލާތުގެ އަށް މީހުން ހިމެނެ އެވެ.

ލަންކާ އަށް ބޮމުގެ ހަމަލާތައް ދިނީ އެ ގައުމުގެ ސަލާމަތީ ފަރާތްތަކުގެ އިހުމާލަކުން ކަމަށް ސަރުކާރުން އިއްޔެ ވަނީ އެެއްބަސްވެފަ އެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *