ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ ިއޮފް ހެރިޓޭޖުން އާންމު ކުރި އިއުލާނެއްގައި ބުނީ، ހިލޭސާބަހަށް ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ނަމާއި އީމެއިލް އެޑްރެސް 7957266 އެސްއެމްއެސް ކުރުމަށެވެ. 

ކަޅުވަކަރު މިސްކިތް ބަހައްޓަން ސަރުކާރުން ނިންމާފައިވަނީ ސަލްޓަން ޕާކް ތެރޭގައެވެ. މިސްކިތް އަލުން ބަހައްޓާނެ ތަނަކާމެދު ރައްޔިތުންގެ ހިޔާލު ހޯދަން ފޯރަމެއް ބާއްވައި ފޯރަމްގައި ގިނަ ބަޔަކު އެދުނީ މާލޭގައި މިސްކިތް ބެހެއްޓުމަށެވެ.

ކަޅުވަކަރާއި ހިރިގާ ބޭނުންކޮށްގެން ހަދާފައިވާ މިމިސްކިތަކީ އައްސުލްތާން ހަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައި ހަދާފައިވާ މިސްކިތެކެވެ. 1789 ވަނަ އަހަރު ހަދާފައިވާ މި މިސްކިތަށް މިއަހަރު 230 އަހަރު ވާނެއެވެ.

ރައިސް އަބްދުﷲ ޔާމީންގެ ވެެރިކަމުގައި ރަސްރަނި ބަގީޗާގެ އިރުމަތީ ފަރާތުގައި ހުރި ކަޅުވަަކަރު މިސްކިތް ހުރިތަނުން ނެގުނީ މިސްކިތް ހުރިތަނުގައި "ވިންޓާ ޕާކް" އެއް ހެދުމަށެވެ. ރާއްޖޭގެ އާޡާރީ މިސްކިތެއް ނެގުމަށްފަހު އެތަނުގައި ވިންޓާ ޕާކް އެއް ހެދުމުން، އާންމުންގެ ފާޑު ކިއުންވަނީ ރައީސް އަބްދުﷲ ޔާމީން އަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވަނީ ކަޅުވަކަރު މިސްކިތް އަލުން ރާވައި، ބިނާ ކުރުމަށް ނިންމަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *