ކުރީގެ ރައީސް އަބްދުﷲ ޔާމީން، އޭސީސީއާ ހަވާލުކުރެއްވީ އިސްލާމިކް ބޭންކް ގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ނޫން ކަމަށާއި އޭސީސީއާ ހަވާލުކުރެއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އެއް މިލިއަން ޑޮލަރުގެ ޗެކަކުން، ޔާމީންގެ އެހެން އެކައުންޓަކަށް ޖަމާކުރެއްވި ފައިސާ ކަމަށް "މިހާރު" ނޫހަށް ލިބުނު މައުލޫމާތު ތަކަކުން ހާމަ ވެއްޖެއެވެ.

"މިހާރު" ނޫހުން ހާމަ ކުރި ގޮތުގައި ދައުލަތުގެ އިދާރާތަކަށް ކުރީގެ ރައީސް ޔާމިން އަދި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަ އާޒިމާ ޝުކޫރު ދޮގު މައުލޫމާތު ދެއްވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަން އެނގިފައިވާ ކަމަށެވެ.

އޭސީސީގެ އެންގުމާ އެއްގޮތަށް ބީއެމްއެލްގެ އެކައުންޓަށް، އެމްއައިބީގެ އެކައުންޓުގައި ހުރި ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ ހައިސިއްޔަތުން އާޒިމާ އޭސީސީއަށް އެންގެވި ކަމަށާއި ނަމަވެސް ހަގީގަތުގައި އެންޓިކޮރަޕްޝަން ކޮމިޝަނާ ހަވާލުކުރީ އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރެއް ނޫންކަމަށްވެސް އެނގިފައިވެއެވެ. އަދި އޭގެ ބަދަލުގައި ޔާމީން ޖަމާކުރެއްވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އެއް މިލިއަން ޑޮލަރުގެ ޗެކަކުން، ޔާމީންގެ އެހެން އެކައުންޓަކަށް ޖަމާކުރެއްވި ފައިސާ ކަމަށްވެސް "މިހާރު" ނޫހުން ވަނީ ހާމަކޮށްފަ އެވެ.

އަދި އޭސީސީއާއި ޔާމިންގެ ނަމުގައި ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވައި ހަމަ އެދުވަހު އެއް މިލިއަން ރުފިޔާ ވަނީ އެ އެކައުންޓަށް ޖަމާކުރައްވާފައެވެ. އަދި އެމްއައިބީ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރަށް ވީ ގޮތެއް އަދި ނޭނގޭ ކަމަށްވެސް "މިހާރު" ނޫހުން މައުލޫމާތު ދިނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *