މާލޭގައި ޕާރކުކުރުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާ އެއް ސަރަހައްދު ކަމުގައިވާ ވެލާނާގެ އާއި އިންވެގެން އޮންނަ ހުސް ބިމުގައި ޕާރކިން ޒޯނެއް ހުޅުވައިފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއި ޝަރީފް ވިދާޅުވީ، ހައުސިންގް މިނިސްޓްރީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ތަރައްޤީކުރި މި ޕާރކިންގް ޒޯނަކީ 100 އަށްވުރެ ގިނަ ސައިކަލު ޕާރކް ކުރެވޭ ވަރުގެ ޕާކިން ޒޯނެއް ކަމަށެވެ. 

އަދި އެ ސަރަހައްދުގައި ޕާރކިންގް ޒޯނެއް ހެދުމަށް ސިޓީ ކައުންސިލުން ނިންމީ އެ ސަރަހައްދަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ސަރަހައްދެއްކަމުން، އެ އޮފީސްތަކުން ޚިދުމަތް ހޯދާ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕަރކިންގްގެ މައްސަލަ ހައްލު ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން، މެކޭނިކަލް ޕާރކިންގް ސިސްޓަމެއް ބަހައްޓައިގެން އެކަންވެސް ތަޖުރިބާ ކުރެވިއްޖެ ކަމަށާއި ނަމަވެސް އެއީ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލު ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ޕަރކިންގްގެ މައްސަލަ ހައްލު ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން، މެކޭނިކަލް ޕާރކިންގް ސިސްޓަމެއް ބަހައްޓައިގެން އެކަންވެސް ތަޖުރިބާ ކުރެވިއްޖެ ކަމަށާ، ނަމަވެސް އެއީ އެންމެ ރަނގަޅު ހައްލު ނޫންކަންވެސް އެނގިގެން ގޮސްފި. އެހެންކަމުން އެކަން އަލުން ރިވިއު ކުރުމަށް ނިންމާފައިވަނީ" މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވި އެވެ.

މާލޭގައި ވެހިކަލްތައް ގިނަވެ ކާރޫބާރޫ ބޮޑުވެފައިވާއިރު ވެހިކަލްތައް ޕާކް ކުރެވޭނެ ހަރުދަނާ ނިޒާމެއް އެކުލަވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިނިސްޓަރު ނަހުލާ ވިދާޅުވީ ޕާކިންގްއަށް ހައްލެއް ގެނެވޭނީ ބޮޑެތި ޕާކިންގް ބިލްޑިންގްތައް އެޅިގެން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *